ހިތް ޠޯހިރުކަންމަތީގައި ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ ބައެއް ކަންކަމާ ހިތާމެދު ފަރުވާތެރިވާންޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިތް ޠޯހިރުކަންމަތީގައި ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ ބައެއް ކަންކަމާ ހިތާމެދު ފަރުވާތެރިވާންޖެހޭ ސަބަބުތައް-

އިންސާނާގެ ކޮންމެ ގުނަވަނަކީވެސް ވަރަށް މުހިންމު ގުނަވަނެކެވެ. އެއިގެ ތެރެއިންވެސް ހިތާއި ސިކުނޑިއަކީ އެންމެ މުހިންމު 2 ގުނަވަންކަމުގައި ބަލަންޖެހެއެވެ. ސަބަބަކީ ތިމާއަށް ކުރެވޭ ޢަމަލުތައް ގުޅިފައިވަނީ އަތްފަޔާއި ނޫންކަމަށްވެފައި ހިތާއި ސިކުނޑިއާއި ކަމަށްވާތީއެވެ.  

ހިތަކީ އިންސާނާގެ ޙަޔާތުގައި ކިހައި މުހިންމު އެއްޗެއްކަން އެންމެންނަށްވެސް އެނގެއެވެ. ސަލާމަތް ޞިއްޙަތެއްގައި ދިރިހުރުން އެންމެ ބޮޑަށް ގުޅިފައިވަނީ ހިތާއިއެވެ. ހިތް ފޭލަވެއްޖެ ނަމަ މުޅި ހަށިގަނޑު ފޭލިވެގެންދެއެވެ.  

އިސްލާމް ކަމުގައި ވެސް ހިތުގެ ދައުރަކީ ހަމަ މިހައި މުހިންމު ދައުރެކެވެ. ހިތުގެ ޠޯހިރުކަން ގެއްލިއްޖެ ނަމަ ހިތް ނަޖިސްވާނެއެވެ. ހިތް ނަޖިސްވުމަކީ ކޮބައިކަމަށް ހެއްޔެވެ؟ އެއީ ހިތަށް ޝައިޠޯނާ ވެރިވެގަތުމެވެ. ވީމާ އެހިސާބުން މިހާގެ އީމާންކަމާއި ތަޤްވާވެރިކަން ފޭލްވެގެންދެއެވެ. އިސްލާމީ ވަންތަކަމުގެ ސިފަތައް މީހާގެ ކިބައިން ގެއްލިގެންދެއެވެ.

ވީމާ ހިތް ޠޯހިރުކަންމަތީގައި ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ ބައެއް ކަންކަން ބުނެލާނަމެވެ.  

މީހުންނަށް އަނިޔާވެރިވުމުގެ ބަދަލުގައި ރަޙުމްކުރާށެވެ! ހަރުކަށިކަން ދޫކޮށްލައި އޯގާތެރިކަން އިސްކުރާށެވެ. ހަސަދަވެރިވުން ދޫކޮށްލައި މާފުކުރާ މީހަކަށްވާށެވެ! ހިތް ޠޯހިރުކޮށްދެއްވަވައި ހިތަށް ޘާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.  

ހަމަ ގޮންޖަހާފައި ބުނަމެވެ! މިބުނި ފަދައިން ކަންކަން ކުރާމީހާގެ އަމިއްލަ ނަފުސަށްވެސް ލުއިކަން އިޙްޞާޞްކުރެވޭނެއެވެ! ސިކުނޑި ތާޒާވެ އުފާވެރިކަން އިތުރުވާނެއެވެ.  

އެނގޭ ހެއްޔެވެ؟ ރަޙުމް ކުރުމަކީ އަނިޔާވެރިކަން ކޮށައި ކުދިކުދިކޮށްލާ ކަމެކެވެ. އޯގާތެރިވުމަކީ ހަރުކަށިކަން ކޮށައި ކުދިކުދިކޮށްލާ ކަމެކެވެ. ހަސަދަވެރިކަން ހެޔޮ އަމަލުތައް އަލިފާނުން އަންދާ ފަދައިން މާފުކުރުމަކީ ހަސަދަވެރިކަން އަންދައި ހުލިކުރާ ކަމެކެވެ.  

އަދިވެސް ބުނަން ހެއްޔެވެ؟ ދީލަތި ކަމަކީ ދަހިކަން ހިތުތެރެއިން ދަމާނެރެ ބޭރުކޮށްލާ ކަމެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން