ރަނގަޅަށް ވިސްނާފައި ބުނާށެވެ! ތިބާ ﷲ ދެކެ ލޯބިވަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރަނގަޅަށް ވިސްނާފައި ބުނާށެވެ! ތިބާ ﷲ ދެކެ ލޯބިވަމު ހެއްޔެވެ؟

ކޮންމެ މުސްލިމަކުވެސް ދުލުން ބުނާނީ ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ކަމަށެވެ. އަދި އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ އާއި އެކަލާނގެ ފޮނުއްވެވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ކަމަށްވެސް ބުނާނެއެވެ. އަހުރެންގެ ސުވާލަކީ ތިބާ ﷲ ދެކެ ލޯބިވަމު ހެއްޔެވެ؟ ރަނގަޅަށް ވިސްނާފައި ބުނާށެވެ! 

ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު އެންމެ ބޮދަށް ފާރަވެރިވާނީ ނަމާދު ވަޤުތަށެވެ. ބަންގީގެ އަޑުއިވުމާއިއެކު ޢިޖާބަދީ ނަމާދުކުރާނެއެވެ. ބަންގީގެ އަޑު ނުއިވުނަސް ވަޤުތު ޖެހުމާއިއެކު ނަމާދުކުރުމަށް އަވަސްވެގަންނާނެއެވެ.  

ހަމައެއާއިއެކު ﷲ ތަޢާލާ އެކަމެއް ކުރުމަށް އަންގަވާފައިވާ ހުރިހާ ކަމެއް ކުރަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި އެކަމެއް ނުކުރަން އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރަންވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ.

ދެން ނިކަން ބުނެބަލާށެވެ! ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމުހެއްޔެވެ؟

އަދި މިކަމަށްވެސް ވިސްނައިލާށެވެ! ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ބޭވަފާތެރިވުމަކީ ތިބާވެސް އެގޮތަށް ކަންތައްކުރަން އޮތް ސަބަބެއް ނޫނެވެ. ސަބަބަކީ ބޭވަފާތެރިވުމުގެ ތެރެއިން ކުރެވެނީ ފާފަތައް ކަމަށްވާތީއެވެ. ފާފަނުކުރަންވީ ލޯބިވެރިޔާ ވަފާތެރިވާތީއެއް ނޫނެވެ. ފާފަ ނުކުރަންވީ ﷲ ތަޢާލާއަށް ލޯބިންނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުންވާތީއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމުހެއްޔެވެ؟ ލޯބިވެވޭނަމަ ވަރަށް ރަނގަޅެވެ. އަހުރެން މިބުނިމަގުން އުޅެވޭނަމަ ތިބާއަކީ ﷲ ދެކެ ލޯބިވާ މީހެކެވެ. ނޫންނަމަ ތިބާއަކީ ﷲ ދެކެ ލޯބިވާ މީހެއް ނޫނެވެ. ދެންވެސް ވަޤުތު އޮއްވައި އަވަހަށް ތިމާއަކީ ﷲ ދެކެ ލޯބިވާ މީހަކަށްވާށެވެ! ނަރަކައިން ސަލާމަތްވެވޭނީ އެއިރުންނެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން