ލޯބިވެރިންނާއެކު ފާފަކުރެވޭ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކާ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލޯބިވެރިންނާއެކު ފާފަކުރެވޭ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކާ އެނގޭތަ؟

އެއްވެސް ޝައްކެއް ނެތެވެ. ކުރެވޭ ކޮންމެ ފާފައަކީވެސް ފާފައެކެވެ. ކިތަންމެ ބޮޑަށް ލޯބިވާ މީހަކާއިއެކުގައި ކުރިނަމަވެސް ފާފަކުރުމުގެ ޙުކުމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ހަމައެއާއިއެކު ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެބައޮތެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ ތިބާއަށް ކުރެވުނު ފާފަ ﷲ ތަޢާލާ ސިއްރުކޮށްދެއްވަވާފައިވަނިކޮށް އެކަމުގެ ވާހަކަ އެކުވެރިންގެ ގާތުގައި ދައްކާ ބައަކު އުޅެއެވެ. އެމީހުން ލޯބިވެރިންނާއިއެކު ކުރާ ފާފަތަކުގެ ވާހަކަ އެކުވެރިންގެ ގާތުގައި ދައްކައެވެ. އެވާހަކަ ކިޔައިދެއެވެ.  

އެމީހުން އެވެއްޓިގަންނަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށެވެ. އެހެނީ ޙަދީޘްފުޅުގައި މުޅި އުންމަތަށް (އުންމަތުގެ އެންމެންނަށް) ފާފަ ފުއްސަވައިދެއްވަވާނެ ކަމަށާއި ނަމަވެސް ފައިޅުގައި ފާފަކުރާ މީހުން ފިޔަވައިކަމަށެވެ. އަދި އެއީ އެމީހުންނަސް ކުރެވޭ ފާފަތައް ﷲ ތަޢާލާ ސިއްރުކޮށް ދެއްވަވާފައިވަނިކޮށް އެކަން ފައުޅުކުރާ މީހުން ކަމަށެވެ.  

މި ޙަދީޘްފުޅަށް ބަލައި އަހުރެން ބުރަވާނީ އެންމެ ކުޑަމިނުން ލޯބިވެރިޔާއާއިއެކު ސިއްރުން އެކަހެރިވިކަމުގެ ވާހަކަވެސް ނުދެއްކުމަށެވެ. އެއީވެސް ފާފައަކަށްވާތީއެވެ. ﷲ ތަޢާލާއީ ފާފަފުއްސަވައިދެއްވެވުމުގައި ދީލަތިވަންތަ ކަލަކުކަމުގައިވުމަކީ މިފަދަ ޙަދީޘްފުޅުތަކަށް ބިރުވެތިވެ ސަމާލުކަން ނުދޭން އޮތް ޢަމަލެއް ނޫނެވެ. ޙަދީޘްފުޅުތަކަކީވެސް ހަމަ ﷲ ތަޢާލާގެ އެންގެވުންތަކެވެ.

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން