މިހާރަކަށް އައިސް ތަނަވަސްކަމަށް އިސްކަންދެވޭލެއް ބޮޑުކަމުން ގިނަ އަންހެނުންނަށް ވިސްނެނީ އުފަލުގައި ދިރިއުޅެވޭނީ ތަނަވަސް މީހެއްގެ އަންތބަކަށް ވެވިގެން ކަމަށެވެ. ނަމަވެސް އަހުރެންނަށް ލިބޭ މައުލޫމާތަށް ނަލާއިރު މިވިސްނުން ރަނގަޅެއް ނޫނެވެ.
އަހުރެންގެ ޣާތަށް ލަފާހޯދަން އަންނަ އަންހެނުންގެ ތެރެއިން ގިނަ ތަނަވަސްމީހުންގެ އަނބިންގެ ޝަކުވާއަކަށްވެފައި އޮންނަނީ ތަނަވަހުގައި ދިރިއުޅެވުނަސް ބޭނުންވާ އުފާވެރިކަން ނުލިބޭކަމުގެ ޝަކުވާއެވެ. ލޯތްބާއި އަޅައިލުން ނުލިބޭކަމުގެ ޝަކުވާއެވެ. ބޭވަފާތެރިވުން މާގިނަކަމުގެ ޝަކުވާއެވެ. އަދި އެންމެ މުހިންމު ކަންތައްކަމުގައިވާ އެކުގައި ވަޤުތުހޭދަކުރުމުގެ މައްސަލަ ބޮޑުކަމުގެ ޝަކުވާއެވެ. ތަންކޮޅެއް އާދައިގެ ފެންވަރުގެ މީހުންގެ އަނބިން މިޝަކުވާތައް ވަރަށް މަދެވެ. އެމީހުންގެ ތަނަވަސްކަން ކުޑަނަމަވެސް ދިރިއުޅުމުގެ ކަންކަން މާއުފާވެރިކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ.
ތަނަވަސްކަން ކުޑަނަމަ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ނުލިބިދާނެއެވެ. ސުވާލަކީ އުފާވެރިކަން ލިބެނީ ބޭނުންވާހައި އެއްޗެއް ލިބުމުން ހެއްޔެވެ؟ އަތުގައި ގަހަނާ ގިނަވުމުން ހެއްޔެވެ؟ އެންމެ އަގުބޮޑު ފޭރާން ލެވުމުން ހެއްޔެވެ؟ މިހެންގޮސް ހޯދަން ބޭނުންވާހައި އެއްޗެއް ހޯދުމުން ހެއްޔެވެ؟
އަހުރެންގެ ވިސްނުމުގައި އެކަން ތަފާތެވެ. އުފާވެރިކަން ލިބެނީ އެއްޗެތިން ކަމަށްވާނަމަ ބައިވެރިއަކު ހޯދުމުގެ ބޭނުމަކަށްވާނީ ހަމައެކަނި އެއްޗެތި ހޯދުމެވެ. އެފަދަ މީހަކަށް ތަނަވަސްކުޑަ މީހަކާ ކައިވެނިކޮށްގެން ނުއުޅެވޭނެއެވެ. ނަމަވެސް އުފާވެރިކަން ލިބެނީ ލޯތްބާއި އަޅައިލުން ލިބިގެންކަމަށްވާނަމަ ތަނަވަސްކަން ކުޑަ މީހަކާ ކައިވެނިކޮށްގެންވެސް އުޅެވިދާނެއެވެ.
ވީމާ މިކަންކަމަކީ ކައިވެނިކުރުމުގެ ކުރިން ވިސްނަންޖެހޭނެ ކަންކަމެވެ. ތިމާ ކައިވެނިމިކުރަނީ ކޮންކަމެއް ބޭނުންވެގެންކަން ޔަޤީންކުރަންވާނެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން