ކުރީގެ ލޯބިވެރިޔާ ގޮވާލާއިރަށް ދެވޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކުރީގެ ލޯބިވެރިޔާ ގޮވާލާއިރަށް ދެވޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އެއީ ދެލޯބިވެރިންނެވެ. ކައިވެނިކުރުމުގެ ކަންކަންވެސް އަންނަނީ އިންތިޒާމުކުރެވެމުންނެވެ. އެއްރޭ އަންހެން ކުއްޖާގެ ގޭގައި ވާހަކަދައްކަން ތިބެފައި ފިރިހެން ކުއްޖާ ބުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އޭނާއާއި ބައްދަލުކުރަން އެދޭތީ އޭނާގެ ގާތަށް މިރޭ ގޮސްލާނެ ކަމަށެވެ. އަންހެން ކުއްޖާ ބުނީ މައްސަލައެއް ނެތް ކަމަށެވެ.  

ފިރިހެން ކުއްޖާއަށް އެކަމުން ވަރަށް އަސަރުކުރިއެވެ. ޙައިރާންވެސްވިއެވެ. އެކަމަށް ކަންބޮޑުނުވަނީތޯ ސުވާލުކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ބައްދަލުކުރަން ބޭނުންވާ މީހަކާއި ބައްދަލުކުރުން ނުހުއްޓުވޭނެތީ ނުރުހުމުގެ ބަހެއް ނުބުނެ އަމިއްލައަށް ވިސްނަން ދޫކޮށްލީ ކަމަށެވެ.  

ދެން ސުވާލުކުރީ ގޮސްފިނަމަ އަޅާނެ ފިޔަވަޅަކީ ކޮބައިތޯއެވެ؟ އަންހެން ކުއްޖާ ބުނީ އަހުރެން އަބަދުވެސް ނިންމައިގެން ހުންނަނީ އަހުރެން ޤަބޫލުކުރާ އިންތަކުން ބޭރުވެއްޖެނަމަ އެމީހަކާއި ގުޅުން ކަނޑާލަންކަމަށެވެ. ކައިވެނީގެ ކުރިންވެސް އަދި ކައިވެނީގެ ފަހުންވެސް އެކަން އޮންނާނީ އެގޮތަށެވެ. އެބާވަތުގެ ކަމެއް ކުރުމަށްފަހު އެނބުރި އައިސް އަހުރެންގެ ކުރިމައްޗަށް ނުއެރީމާ އެނިމުނީއެވެ.  

މިވާހަކަކޮޅު ހާމަކޮށްފައި ކޮށްފައި އޮތީ ސުވާލެކެވެ. ދެންވެސް ޒުވާނާ ލޯބިވެރިޔާއާއި ބައްދަލުކުރަން ދާނެ ހެއްޔެވެ؟ އެސުވާލަށް އެތައްސަތޭކަ ބައަކު ޖަވާބުދީފައިވާއިރު 80 އިންސައްތަ މީހުން ބުނެފައިވަނީ ބުއްދިވެރިއަކު ނަމަ ނުދާނެ ކަމަށެވެ. އެއިގެ 3 ދުވަސްފަހުން މަތީގައި ކޮމެންޓްކޮށްފައި އޮތީ ޒުވާނާއަކީ ބުއްދިވެރިއަކުނަމަ ނުދާނެ ކަމަށެވެ. ދެން ކިޔުން ތެރިން އެދިފައިއޮތީ ޒުވާނާ ޢަމަލުކުރި ގޮތް އެނގެން ބޭނުންވާ ކަމަށާއި ޒުވާނާގެ ބަހެއްވެސް ބޭނުންވާ ކަމަށެވެ.  

ޒުވާނާ ބުނެފައި އޮތީ އޭނާ ނުދާ ކަމަށެވެ. އަދި އެއީ ދާންވެގެން ދެއްކި ވާހަކައެއް ނޫންކަމަށާއި ކައިވެނީގެ ފަހުން އެފަދަ ކަމެއް ކުރެވިއްޖެނަމަ އަނބިމިހާ ކަންތައްކުރާނެ ގޮތް ކުރިއާލައި އޮޅުންފިލުވަން ބޭނުންވެގެން ދެއްކި ވާހަކައެއް ކަމަށެވެ. "ހަމަ ޙަޤީޤަތުގައިވެސް އެއީ ހިނގަން އުޅުނު ކަމެއް! އެކަމަކު އަހުރެން ވަރަށް ބޮޑަށް ވިސްނިން! އަހުރެންނަށް ވިސްނުނީ އެކުގައި ކުރިއަށް ނުގެންދެވިގެން ނިންމާލަން ޖެހިފައިވާ ގުޅުމަކަށްޓަކާ ކުރަން އުޅެންއުޅޭ ކައިވެނީގައި ކޫރުމެއްވެސް ލެއްވުމަކީ ކުރެވޭނެ އެންމެ މޮޔަކަންތައް ކަމަށް!"  

ޒުވާނެ ނިންމުމަށް އެތައް ސަތޭކަ ބައަކު މަރުޙަބާކިޔައި ތައްރީފްކުރިއެވެ. އެހެންވެ ބުނެލަން އޮތީ އެޒުވާނާފަދައިންވާށެވެ! ރަނގަޅު، އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީ ހަރުދަނާކަން ހުރެގެންނެވެ. ހަވާނަފުސް އެދޭ ކަންކަން ނުކޮށް ހުރުމުގެ ޤާބިލުކަން ލިބިގެންނެވެ.

 

- މިއަދުނޫސް 

މިއަދު އޮންލައިން