ސިއުޒާ
ދަރިންނާއި މެދުގައި ރައްކާތެރި ވާންޖެހޭ:
އަޅުގަނޑުމެންގެ ދަރިން މިއަދު ތަރުބިއްޔަތު ކުރަނީ އަޅުގަނޑުމެންތޯ؟ ނުވަތަ އަޅުގަނޑުމެން އެ ދަރިންނާ ހަވާލު ކޮށްފައިވާ ޓެބްލެޓް ނުވަތަ އައިޕެޑް ތޯ؟ ނުވަތަ ގޭގަ ހުންނަ ޓީވީ ތޯ އެދަރިން ތަރުބިއްޔަތު ކުރަނީ؟
ހަޤީގަތުގައި އެ ދަރިން އެ ޑިވައިސް ތަކުން ބަލާ ތަކެއްޗާ މެދުގައި އަޅުގަނޑުމެން ފާރަވެރިވާންޖެހޭ. އަޅުގަނޑުމެންނަށް ނުފެންނަ ފަށުގަ އެ ދަރިން އެފަދަ ޑިވައިސްތަކުގެ ބޭނުންކޮށް އަޅުގަނޑުމެންނަށް ނުވެސް އެނގޭ ހިސާބަކަށް، މާ ފުންވެގެންވާ ކަނޑަކަށް އެދަރިން ވަނީ މިއަދު ޣަރަޤުވެގެން ގޮސްފަ. ހަޤީގަތުގައ މީ އަޅުގަނޑުމެން ބެލެނިވެރިން ޒިންމާ ވާން ޖެހޭ ކަމެއް.
ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައި ވަނީ " ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވެގެން އަންނަނީ ފިޠުރަތުގެ ސާފު ކަން މަތީގައެވެ." ގޯސް ކުއްޖެއް، ޕާޓޭއެއް، ގޯސް ކުއްޖެއް، ގޯސް މީހެއް، މާރާމާރީ ހިންގާ މީހެއްގެ ގޮތުގައެއް ނޫނޭ ކުދިން ދުނިޔެއަށް އުފަން ވެގެން އަންނަނީ. އެއަށްފަހުގަ (فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ) "އެއަށް ފަހުގަ ނަޞާރާއަކަށްވެސް، ޔަޙޫދީއަކަށްވެސް، މަޖޫސީ އަކަށްވެސް އެކުއްޖާ ހަދަނީ އެކުއްޖާގެ މައިން ބަފައިންނެވެ."
އެހެންކަމުން އެންމެހާ ބެލެނިވެރިންނޭ، އެންމެހާ މައިން ބަފައިންނޭ، އަޅުގަނޑުމެން ދަރިންނާއި މެދުގައި ރައްކާތެރި ވާންޖެހޭ.
- ޝައިޚް ޢާޒިމް ޚާލިދުގެ ބަސްފުޅެއް