ޖިންނީން ތަކެތީގެ އިތުރުން މީހުންވެސް ވަގަށްނަގާ! އޮތީ ސަމާލުވެގެން ތިބުން!: ޝައިޚް އަޒީޒް ފަރުޙާން އަލް-ޢަންޒީ

ކިޔުމަށް ހޭދަވާނީ 2މ 5ސ
ޖިންނީން ތަކެތީގެ އިތުރުން މީހުންވެސް ވަގަށްނަގާ! އޮތީ ސަމާލުވެގެން ތިބުން!: ޝައިޚް އަޒީޒް ފަރުޙާން އަލް-ޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

ގޭތެރެއިން އެއްޗެއް ގެއްލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެސް ވެދާނެއެވެ. އެއީ ފަހަރުގައި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ވީ ކަމަކަށް ވެދާނެއެވެ. ނުވަތަ އާދައިގެ ވަގަކު ކުރި ކަމަކަށް ވެސް ވެދާނެއެވެ. ނޫންނަމަ ގޭގެ މީހަކު ހުއްދަ ހޯދުމަކާ ނުލައި އެ އެއްޗެއް ބޭނުންކުރީ ކަމަށް ވެސް ވެދާނެއެވެ. 

އެހެންކަމުން، އެއްޗެއް ގެއްލުމާއެކު އެއީ ޖިންނީންގެ ކަމެއް ކަމަށް ނިންމުމުގެ ކުރިން، އެކަމުގެ ޙަޤީޤީ ސަބަބު ހޯދަން މަސައްކަތް ކުރަންވާނެއެވެ. ބައެއް ފަހަރު ދޫނިސޫފާސޫތްޕާއި ޖަނަވާރުން ވެސް އެއްޗެހި ގެންގޮސް ހަދައެވެ. މިސާލަކަށް އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި، ދޫންޏެއް އައިސް އަންހެނެއްގެ ގަހަނާއެއް (މުތީގެ ހާރެއް ފަދަ އެއްޗެއް) ޖަހައިގަނެގެން ދިޔަ ވާހަކަ އައިސްފައިވެއެވެ. އަދި ބުޅަލާއި މީދާ ފަދަ ތަކެތި ވެސް ގޭތެރޭގެ އެއްޗެހި ހާވައި ހަލާކުކޮށް ހަދައެވެ.

ނަމަވެސް، ހުރިހާ ސަބަބުތަކެއް ބަލައި، ދޮރުތައް ލައްޕައި ރައްކާތެރިވެގެން ހުއްޓާވެސް، އާދަޔާ ޚިލާފު ގޮތަކަށް ކަންކަން ހިނގާނަމަ، އެއީ ޖިންނީންގެ ސަބަބުން ކަމަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ޖިންނީން މީހުންގެ އަގުބޮޑު މުދަލާއި ފައިސާ ވަގަށް ނެގުމަކީ ސުންނަތުންނާއި ތާރީޚުން ސާބިތުވާ ކަމެކެވެ. އަދި ޖިންނީން އިންސާނުން ވަގަށް ނެގުމަކީ (ކިޑްނެޕް ކުރުމަކީ) ވެސް ހިނގާފައިވާ ކަންކަމެވެ. 

މިފަދަ ޙާލަތްތަކުގައި ކުރަންޖެހޭ ކަމަކީ، ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ﷲ ހަނދުމަކުރުން (ޛިކުރުކުރުން) އިތުރުކުރާށެވެ. ނަމާދުކޮށް، ރޯދަހިފާ، ﷲ އަށް ކިޔަމަންތެރިވާ މީހާވެސް އިމްތިޙާނު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަބިއްޔުންނާއި ރަސޫލުންނަކީ އެންމެ ބޮޑަށް އިމްތިޙާނު ކުރެއްވުނު ބޭފުޅުންނެވެ. އެ ބޭފުޅުން ބަލިމަޑުކަމާއި، ދުޝްމަނުންގެ އުނދަގުލާއި، އަދި ވަޒަނުން ބޭރުކޮށްލުން ފަދަ ބޮޑެތި މުޞީބާތްތަކާ ކުރިމަތިލެއްވިއެވެ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދަލާއި ފުރާނައިގެ އުނިކަމުން އަޅުތަކުން އިމްތިޙާނު ކުރައްވާނެކަން އަންގަވާފައެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވެއެވެ. 

ކައިވެނި ލަސްވުމުގެ މައްސަލައާ މެދު ދަންނާށެވެ. އެއީ ކޮންމެހެން ސިހުރުގެ ނުވަތަ ޖިންނީގެ ސަބަބުން ވާކަމެއް ނޫނެވެ. އެއީ ﷲ އިރާދަކުރައްވާފައިވާ ވަގުތު ނުޖެހޭތީ ވާކަމަކަށް ވެދާނެއެވެ. އެހެންކަމުން، ގިނަގިނައިން ދުޢާކޮށް، ﷲ އަށް ކުއްތަންވެ، ކަންކަމުގައި ކެތްތެރިވާށެވެ.

 

- ޝައިޚް އަޒީޒް ފަރުޙާން އަލް-ޢަންޒީގެ ދަރުސަކުން

 

މިއަދު އޮންލައިން