ފުދޭވަރަށް ލިބުމުންވެސް ތަނަވަސްކަން އިތުރުކުރަން ބޭނުންވާވަރު ބޮޑުކަމުން އާޚިރަތް ނަގައިލެވޭ މީހުން މިކަންކަމަށް ވިސްނައިލަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ފުދޭވަރަށް ލިބުމުންވެސް ތަނަވަސްކަން އިތުރުކުރަން ބޭނުންވާވަރު ބޮޑުކަމުން އާޚިރަތް ނަގައިލެވޭ މީހުން މިކަންކަމަށް ވިސްނައިލަން އެބަޖެހޭ!

ފުދުންތެރިކަން ނެތް މީހުންނާއި ފުދުންތެރިކަން ކުޑަ ބައަކުވެސް އުޅެއެވެ. އަހުރެން ދައްކަން މިއުޅެނީ އެމީހުންގެ ވާހަކައެއް ނޫނެވެ. ފުދިގެން އުޅެވޭއިރުވެސް އިތުރަށް ބޭނުންވާވަރު ބޮޑުކަމުން އާޚިރަތް ނަގައިލެވޭ މީހުންގެ ވާހަކައެވެ.  

ނިކަންވިސްނައިލަބަލާށެވެ! މިވެނިމަޝްރޫޢެއް ނިންމާލުމަށްފަހު ހައްޖުނުވަތަ ޢުމުރާވުމަށް ހުއްޓައި މަރުއައިސް އެބަ ބައްދަލުކުރެއެވެ. ނުވަތަ ބޮޑު ބައްޔެއް އެބަޖެހެއެވެ. އެމީހުން ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟  

މިހާރަށް ބަލައިފިނަމަ އެންމެންހެން އަވަދިނެތި ތެޅިފޮޅެނީ އެކައުންޓަށް ފައިސާ އިތުރުކުރެވޭތޯއެވެ. އެކަމުގައި އުޅެންހަދައިގެން ފަރުޟު 5 ނަމާދުވެސް އޮންނަނީ ނުކުރެވިފައެވެ. ޖަމާޢަތުގައި ނަމާދުކުރެވެނީ ހާދަ މަދުބައަކަށެވެ. އެހެންކަމާއިއެކުވެސް ދައްކާނީ ރޭގަނޑު މަސައްކަތްކުރަންޖެހޭތީ ރޭއަޅުކަންކުރަން ނުހޭލެވުނު ވާހަކައެވެ.  

މިހުރީ އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ. އާޚިރަތް ލިބިގަންނަން މިއަދު މަސައްކަތްނުކޮށް ޤިޔާމަތްދުވަހު ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް-: 

ދުނިޔޭގައި އުޅެވެން އޮތީ ފައިސާ ލިބިގެންނެވެ. އެހެންވެ އެންމެ ބޮޑަށް ބޭނުންވާ ކަމަކާއިބެހޭ ގޮތުން މީހަކު ސުވާލުކޮށްފިނަމަ ފުރަތަމަވެސް . މަތިމައްޗަށްވެސް ބުނެވޭނީ ފައިސާގެ ވާހަކައެވެ.

ސުވާލަކީ ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ތިމާ ޙާޞީލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރެވި ނިމޭ ހެއްޔެވެ؟ ފެދޭވަރުވޭހެއްޔެވެ؟ ހިތްހަމަޖެހޭވަރުވޭހެއްޔެވެ؟  

މިފަދަ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީވެސް ހިތް ނުފުރޭކަމެވެ. ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ. އެއްކަމެއް ޙާޞީލްކުރެވޭއިރަށް އިތުރު ކަމަކަށް ބޭނުންވާނެއެވެ. އެއީ ދުވަހަކުވެސް ނިމޭނެ ކަމެއް ނޫނެވެ.  

ދެން ކުރަންޖެހޭ ސުވާލަކީ ކިތަންމެ ވަރަކަށް މަސައްކަތްކޮށްކޮށްގެން ކިތަންމެ ގިނަ ފައިސާ އާއި ގެދޮރާއި މުދަލާއި އެހެނިހެން ވަސީލަތްތައް ހޯދިނަމަވެސް އާޚިރަތް ދުވަހަށް ތައްޔާރުނުވެވޭނަމަ ދުނިޔޭގައި އޭނާ އެހައި ބުރަ އުފުލައިގެން ކުރި މަސައްކަތުން ކުރީ ފައިދއެއް ހެއްޔެވެ؟

ކާމިޔާބު ލިބޭނީ މިކަމުގައި އަމަލުކުރާނެ ރަނގަޅު މިންގަނޑެއް ކަނޑައަޅައިގންނެވެ. ދުނިޔެ ޙޯދަން މަސައްކަތްކުރަމުންވެސް އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތްތަކަށް އުނިކަމެއް ނުގެނެސް ބަރާބަރަށް ކުރަމުން ގެންދިއުމުންނެވެ.  

- ޑރ. ޢަބްދުއްސައްތާރު ޔޫސުފްގެ ދަރުސް ވީޑިއޯ ބައްލަވާލެއްވުމަށް:

https://www.youtube.com/watch?v=RXT56LeOL2o

 

މިއަދު އޮންލައިން