ދެމަފިރިންގެ ގުޅުމާ ލޯބި އިތުރުވަމުންދިއުމަށް މަގުފަހިކުރަން ފަރުވާތެރިވާންވީ ބައެއް ކަންކަން-: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ދެމަފިރިންގެ ގުޅުމާ ލޯބި އިތުރުވަމުންދިއުމަށް މަގުފަހިކުރަން ފަރުވާތެރިވާންވީ ބައެއް ކަންކަން-: ޑރ. ޢަލީ ޒާހިރު

މިހާރަކަށް އައިސް ދެމަފިރިންގެ ގުޅުމާއި ލޯބި ތާޒާކުރަން ބައެއް މީހުންނަށް ކުރެވޭ ކަންކަމުގެ ސަބަބުން ތާޒާވުމުގެ ބަދަލުގައި ދަނީ ފަހަތަށެވެ. ވީމާ މިގެނެސްދެނީ ލޯބިތާޒާކުރަން ޔަޤީންކަމާއިއެކު ކުރެވިދާނެ ކަންކަން ހިމެނޭ ދަރުސެކެވެ. އިން ޝާ ﷲ  

ދެން އަނެއްކަމަކަށް އަޅުގަނޑުމެން ބަލާލާ އިރުގާ ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އެއްކަމެއްގައުޅޭ ކަމަށްވަނީނަމަ ވަރުބަލިވެ ފޫހިވާނެ، އެހެންވީމާ ނަބިއްޔާ ﷺ ގެ ޙަޔާތުން އަޅުގަނޑުމެން ޢިބްރަތާ ފިލާވަޅާ ނަޞޭޙަތް ލިބިގަނެ ޢާއްމު ދިރިއުޅުމުގަ ކޮންމެ ދުވަހަކު ކުރާކަންތައްތަކުގެ ތެރޭގައި ބައެއްފަހަރަށް ތަފާތު ގެންނަން ޖެހޭ. 

ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން އޮފީހަށް ގޮއްސަ މަސައްކަތްކޮށް ވަކިހަމަ އެއްގޮތަކަށް އެއްކަމެއްގަ ހަމަ ކޮންމެ ދުވަހަކު އިރުއަރާފަ ކޮންމެ ދުވަހަކު އިރުއަރާފަ އޮއްސޭކަމަށް ވަނީނަމަ ދިރިއުޅުމުގާ ފޫހިކަން އިޙްސާސްވާގޮތްވާނެ. އެހެންވީމާ ޒަވާޖީ ޙަޔާތެއްގާ ދެމަފިރިންނަށް ވަރުބަލިކަން އަންނާނެ. އެހެންވީމާ އެބަޖެހޭ އެޔަށް ކޮންމެވެސް ކަހަލަ ބަދަލެއް ދޭތެރެ ދޭތެރެއިން ގެންނަން، މިސާލަކަށް ކަމާބެހޭ މާހިރުން ވިދާޅުވެފަވާ ފަދައިން އަބަދު ގޭގަ އެކައްޗެއް ކައި އުޅޭކަމަށްވަނީނަމަ ވަރުބަލިކަން ފޫހިކަން އިޙްސާސް ކުރެވޭނެ.

ދެމަފިރިންގެ ކެއުމުގެ ކަންކަން ކޮންމެސްވަރަކަށް އެބައެއްގެ ތަނަވަސްކަން ހުރި މިންވަރުން ބަދަލުކޮށްލެވިއްޖެއްޔާ ވަރަށް ރަގަޅުވާނެ. ބައެއްފަހަރަށް ގޭންބޭރުން ކާގޮތެއްވެސް ވެއްޖިއްޔާ އެގޮތްވެސް ހަމަ ރަގަޅުވާނެ. އަބަދު އެއްގޮތަކަށް ދިރިއުޅުން ދެމީހުން ވަރުބަލި ވެދާނެ އެހެންވީމާ އާކަންކަން ހިތްހަމަ ޖެހޭ ކަންކަން ބޭރަށް ނުކުމެލުން، ތަންތަނަށް ގޮސްލުން މިކަހަލަ ކަންކަން އަމިއްލަޔަށް ގަސްދުގާ އުފައްދައިގެން އެކަހަލަ އެކަންކަން ކުރަންޖެހޭ. އެހެން ނޫނިއްޔާ ވަރުބަލިވާނެ.  

އެހެންވީމާ ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅަށް އަޅުގަނޑުމެން ބަލާލާއިރުގާ އެކަލޭގެފާނުގެ އުޅުއްވުންވެސް ހުރީ އެކަހަލަ ގޮތަކަށް ބައެއްފަހަރަށް ކަންކަމުގައި ތަފާތު ކުރައްވާތަން އަޅުގަނޑުމެނަށް ފެންނަނީ، ޙާލަތު ބަދަލު ކުރައްވަން މަސައްކަތް ކުރައްވާތަން ފެންނަނީ.  

އެހެންވީމާ އެއީ ވަރަށް މުހިންމު ނުކުތާއެއް ޒަވާޖީ ޙަޔާތެއްގެ ދެމީހުންން އުފާވެރިކަން ޙާޞިލް ވުމަށްޓަކައި،  

ހަމަ އެގޮތަށް އެކަކުދެކެ އަނެކަކު ލޯބިވާކަން އިޙްސާސް ކޮށްދިނުމަކީ އެއީ ޒަވާޖީ ޙަޔާތެއް ކާމިޔާބު ވުމުގައި ވަރަށް މުހިންމު ކަމެއް. އެކަކު އަނެކަކު ދެކެ ލޯބިވާކަން ބަޔާންކޮށްދިނުން އިޙްސާސް ކޮށްދިނުން އެއީ ވަރަށް މުހިންމުކަމެއް. ބައެއް މީހުންނަށް އެއީ ވަރަށް ޢާއްމުކަމަކަށް ވެދާނެ، ލަދުކަމަކަށް ވެދާނެ. ނަބިއްޔާ ﷺ އެކަލޭގެފާނު އެކަން ފާޅުކުރައްވާ ކަމެއް އެއީ. 

އެއްދުވަހެއްގައި ޢަބްދުﷲ ބުނުޢުމަރުބުނުޢާސް ރަޟިޔަﷲ ތަޢާލާ ޢަންހުމާ އެކަލޭގެފާނު ނަބިއްޔާ ﷺ ފެނިވަޑައިގެން އެކަލޭގެފާނު އެބޭފުޅާއާއި އިސްތިޤްބާލް ކުރެއްވި ގޮތާއި، ބައްދަލު ކުރެއްވި ގޮތާ މިހިތްހަމަ ޖެހުމާ އުފާވެރި ކަން އެކަލޭގެފާނުގެ މޫނުފުޅުން ފެނުނުހިނދުގައި ސުވާލު ކުރައްވަނީ ﷲ ގެ ނަބިއްޔާ ކަލޭގެފާނު އެންމެ ލޯބިވަނީ ކާކުދެކެ ހެއްޔޭ؟ ނަބިއްޔާ ﷺ ވަރަށް ސާފު ސީދާ އެޔާމެދުގާ ދެވަނަ ވާހަކައެއް ނުދެއްކޭނެ ޖަވާބުދެއްވިއެވެ. "ޢާއިޝަތުގެފާނު ދެކެއެވެ." ދެވަނަ ސުވާލު އެކަލޭގެފާނާ ކުރިމަތި ކުރައްވަނީ ދެން ކާކުދެކެތޯއޭ؟ ޙަދީޘް ކުރައްވަނީ " أبُوهَا " އެކަމަނާގެ ބައްޕާފުޅުދެކެއޭ. އެހެންވީމާ  ނަބިއްޔާ ﷺ ގެ އެބަޔާންކޮށް ދިނުމަކީ އެއީ ފާޅުގަ އޮތްކަމެއް. 

އަނެއްކާ އެކަމަނާއާ މުޚާޠަބްވާ ހިނދުގާ ނަންފުރިހަމަޔަށް ކިޔުމުގެ ބަދަލުގައި ލޯބި އިޙްސާސް ކޮށްދިނުމަށްޓަކައި ނަބިއްޔާ ﷺ ޢާއިޝާ އެއްކޮށް ކިޔުމުގެ އެނަން އެއްކޮށް ފުރިހަމަ ކޮށްގެން ކިޔުމުގެ ބަދަލުގައި ކުރު ކޮށް ވިދާޅުވަނީ "ޢާއިޝް" ވިދާޅުވަނީ. އެހެންވީމާ ލޯބިން އިޙްޞާސްކޮށްދިނުމާ އެއީ ޒަވާޖީ ޙަޔާތެއްގައި ކާމިޔާބާ ދިމާއަށް  ދިއުމަށް ކޮންމެހެން ލާޒިމް ކަމެއް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން