ކިތަންމެ ތަނަވަސްނަމަވެސް ފަޤީރަސް މައިންބަފައިން ދަރިންގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާ ކަންތައް! ކޮށްނުދީ ދެއްކޭނެ އުޒުރެއްވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކިތަންމެ ތަނަވަސްނަމަވެސް ފަޤީރަސް މައިންބަފައިން ދަރިންގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާ ކަންތައް! ކޮށްނުދީ ދެއްކޭނެ އުޒުރެއްވެސް ނެތް!

ދަރިންގެ ކިބައިން އެކި މައިންބަފައިން ބޭނުންވާނީ އެކި ކަންތަކެވެ. އެހީތެރިކަން ބޭނުންވާނީ މައިންބަފައިންގެ ޙާލަތާއި ގުޅޭ ގޮތުންނެވެ. ނަމަވެސް ކޮންމެ މަންމައަކުވެސް ބައްޕައަކުވެސް ދަރިންގެ ކިބައިން ބޭނުންވާނެ އެއްކަމެއް އޮވެއެވެ. އެއީ ލޯތްބާއި އަޅައިލުމެވެ. ދަރިން އެމީހުންނަށް ސަމާލުކަންދޭކަން އިޙްޞާޞްވުމެވެ.  

ހަމަ ޤައިމުވެސް ލޯބިދޭކަށް ފައިސާ ބޭނުމެއް ނުވާނެއެވެ. ދަރިފުޅުގެ ހުރި ފެންވަރަކުން އެހީތެރިވުމުން ޝަކުވާއެއްވެސް ނުކުރާނެއެވެ. ވީމާ މައިންބަފައިންނަށް ލޯބިދީ އަޅައިލުމަށް އެއްވެސް ހުރަހެއް ނެތެވެ.

ދެން އޮތީ ގާތަށް ދިއުމެވެ. ކޮންމެ ދުވަހަކު ގާތަށް ނުދެވިވެސްދާނެއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ޙާލުބެލިދާނެއެވެ. އެއީ ފޯނުންވެސް ކުރެވެން އޮތްކަމެކެވެ. ބޭނުންވަނީ ހަމައެކަނި ސަމާލުކަމެވެ.  

ލޮބުވެތި ދަރިންނޭވެ! މައިންބަފައިން އެކަނިވެރިނުކުރުވާށެވެ! ނިކަމެތިނުކުރުވާށެވެ! އެމީހުންގެ ޙާލުބަލައި އެހީތެރިވާށެވެ. ފަރުވާތެރިވާކަމާއި އަޅައިލާކަން އިޙްޞާޞްކުރުވާށެވެ! ދަރިންގެ ހެޔޮދުޢާ ލިބޭ ބައަކު ކަމުގައިވާށެވެ! އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަމަގެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން