ފަށްކުރުމެއް-: މާތް ރަސޫލާ ޞޢޥ އާ އެންމެ ވައްތަރު އެއް ޞަޙާބީ- ޤުޘަމް ބިން އަލްޢައްބާސް

ކިޔުމަށް ހޭދަވާނީ 2މ 7ސ
ފަށްކުރުމެއް-: މާތް ރަސޫލާ ޞޢޥ އާ އެންމެ ވައްތަރު އެއް ޞަޙާބީ- ޤުޘަމް ބިން އަލްޢައްބާސް

ޢަލީ އިޙްޞާން ފިރާޤް  

ޤުޘަމް ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ މާތް ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނެއެވެ. މައިކަނބަލުންނަކީ އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާއެވެ. އުއްމުލް މުއުމިނީ ޚަދީޖާ ރަޟިޔަﷲ ޢަންހާ އަށްފަހު އެންމެ ފުރަތަމަ އިސްލާދީން ޤަބޫލު ކުރެއްވި އަންހެން ބޭފުޅަކީ އެކަމަނާއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ލޮބުވެތި އަނބިކަނބަލުން އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާއަކީ ޤުޘަމް ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު ގެ ޙަޤީޤީ ބޮޑު ދައިތާފުޅެވެ. އިމާމުލް މުފައްސިރީން ނުވަތަ ތަރުޖަމާނުލް ޤުރްއާނުގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އަކީ ޤުޘަމް ރަޟިޔަﷲ ޢަންހު ގެ އަޚެކެވެ.

ޤުޘަމް ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު އުފަންވެވަޑައިގަތުމުން ކިރުފޮދު އެރުވުނީ މާތް ރަސޫލާގެ ކާފަ ދަރިކަލުން ޙުސައިންގެފާނާއެކުގައެވެ. އެހެންކަމުން ޙުސައިންގެފާނަކީ އެކަލޭގެފާނުގެ ކިރުފޮދުގެ ގޮތުން އުޚުތެކެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم  އާ އެންމެ ވައްތަރުކޮޅު ޞަޙާބީންގެ ތެރޭގައި ޤުޘަމް ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު ހިމެނި ވަޑައިގަންނަވައެވެ.

ހިޖްރައިން 11 ވަނަ އަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމުން އެކަލޭގެފާނު ނާނޭފުޅުފިއްލަވައި ކަފުން ކުރެއްވުމުގެ ބަރަކާތްތެރި މަސައްކަތްޕުޅުގައިވެސް ޤުޘަމް ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢައްބާސްގެފާނާއި، އަޚު ފަޟުލު ބިން އަލްޢައްބާސް ރަޟިޔަﷲ ޢަންހު އާއި ޢަލީގެފާނާއި ޝަޤުރާންގެފާނާއި އެކުގައެވެ. 

އަމީރުލް މުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު އަކީ ޤުޘަމް ރަޟިޔަﷲ ޢަންހު ގެ ދެބެއިންގެދެދަރި އަޚެކެވެ. ޢަލީގެފާނުގެ ޚިލާފަތުގައި ޤުޘަމްގެފާނަށް މައްކާގެ ގަވަރުނަރުކަން ދެއްވިއެވެ. سمرقند ފަތަޙަ ކުރުމުގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޝަހީދުވީ މި ހަނގުރާމައިގެ ތެރޭގައެވެ. ހިޖްރައިން 55 ވަނަ އަހަރުގައެވެ.

މިއަދު އޮންލައިން