ތިބާގެ ބައިވެރިޔާގެ ކިބައިން މިސިފަ ފެންނަނަމަ އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ތިބާގެ ބައިވެރިޔާގެ ކިބައިން މިސިފަ ފެންނަނަމަ އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް!

ބައިވެރިޔާ ތިމާދެކެ ޙަޤީޤީ ލޯބިވާކަން ދެނެގަންނާނެ ގޮތާއިބެހޭގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. މިސުވާލަށް އެކިމީހުން ދޭނީ އެކިޖަވާބެވެ! އަހުރެން ޖަވާބުމިދެނީ އަހުރެންގެ ވިސްނުމުންނެވެ.  

ބައިވެރިޔާދެކެ ޙަޤީޤީ ލޯބިވާނަމަ ބައިވެރިޔާއަށް ކުށެއް ކުރެވުނަސް ރުޅިގަދައެއް ނުކުރާނެއެވެ. ކުށްތަކުރާރުކުރެވުނުނަމަވެސް ވަރިފަށަކަށް ކަންކަމެއް ނުގެންދާނެއެވެ. މަސައްކަތްކުރާނީ އެކަން އިޞްލާޙްކުރުވުމަށެވެ. ތަކުރާރުކޮށް މާފުކުރަންޖެހުނަސް އެކަމަކަށްވެސް ކަންބޮޑެއް ނުވާނެއެވެ.  

ދެން ބުނެލަން އޮތީ މިދައްކަނީ މަކަރުހެދުމާއި ބޭވަފާތެރިވުން ފަދަ ބޮޑެތި ކަންކަމުގެ ވާހަކައެއް ނޫނެވެ. އެފަދަ ކަންކަމަށް ގޮތްނިންމަންވާނީ ކަމުގެ ކުޑަބޮޑުމިނަށާއި ޙާލަތަށް ބަލައިގެންނެވެ. އަދި އެކަމެއް ހިނގި ގޮތަށާއި ކުށްކުރި ޢަދަދަށް ބަލައިގެންނެވެ.  

އަހުރެން މިބުނީ ދިރިއުޅުމުގެ ތެރެއިން ކުރެވޭ އާދައިގެ ކުށްތަކުގެ ވާހަކައެވެ. ކަންކަން ހަނދާން ނެތުމާއި އިހްމާލުވެވުން ފަދަ ކަންކަމުގެ ވާހަކައެވެ. އަދި ބުނާގޮތަށް އެކަމެއް ނުކުރެވުން ފަދަ ކަންކަމުގެ ވާހަކައެވެ.  

މިކަންކަމަކީ ކިތަންމެ ރަނގަޅު ބައިވެރިއެއްގެ ކިބައިންވެސް ފެނިދާނެ ކަންކަމެވެ. އެފަދަ ކަމެއް ފެނުމުން އޮތީ ރުޅިއިސްނުކޮށް ނަޞީޙަތްދިނުމެވެ. އެފަދަ ކަމެއް ދެން ނުކުރަން ބާރުއެޅުމެވެ. ބާރުއަޅަންވެސް ހަރުކަށިނުވާށެވެ! ހަރުކަށިވުމަކީ އެއްވެސް ކަމެއް ޙައްލުކުރެވޭނެ ގޮތެއް ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން