ޚަރަދުބޮޑުވެދާނެތީ ކައިވެނިނުކުރަން ތިބޭ ފިރިހެނުންނަށް މާޚަރަދު ބޮޑު! ދަނީ ބަނގުރޫޓުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޚަރަދުބޮޑުވެދާނެތީ ކައިވެނިނުކުރަން ތިބޭ ފިރިހެނުންނަށް މާޚަރަދު ބޮޑު! ދަނީ ބަނގުރޫޓުވަމުން!

މިލިޔުމުގައި ބަލައިމިލަނީ ކައިވެނިކުރުމާއިމެދު އަދި ނުކޮށްހުރުމާއިމެދު އެހެން ދީންތަކުގެ މީހުން ދެކޭގޮތެވެ. ދިރާސާ ނިމޭއިރު އެނގިގެންދަނީ އަހުރެމެންނަށް ޢަމަލުކުރަންޖެހޭ ގޮތަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމެވެ.

ކައިވެނިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ފަހަރެއްގައި އެހައި ގިނަ މީހުން އެސުވާލުކުރަނީ ކައިވެންޏަށްފަހު ޖެހޭ މައްސަލަތައް ގިނަވުމާއި ކައިވެނި ރޫޅުން އަވަސްވެދާނެއެވެ.

- ހާއްޞަކޮށް ފިރިހެނުން ކައިވެނިކުރަންޖެހެއެވެ.

ސަބަބަކީ އެކަނި ހުރިނަމަ ލިބޭހައި ފައިސާއެއް އަންހެނުންނަށް ޚަރަދުކުރާބައަކީ ފިރިހެނުން ކަމުގައިވާތީއެވެ.

- ކައިވެނިކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާނަމަ އެކަނި ހުރުމަށްވުރެ ހުރިހާ ގޮތަކުންވެސް ޚަރަދުތައް ކުޑަވާނެއެވެ.

- އަނބިމީހާއަށް ޚަރަދުކުރަންޖެހުނަސް ޚަރަދުކުރަންޖެހޭނީ އެކަކަށެވެ. ވީމާ އެކަނި ހުރެ ބައްދަލުވާހައި އަންހެނުންނަށް ކުރާ ޚަރަދަށްވުރެ މާމަދު ފައިސާކޮޅަކުން އަނބިމީހާގެ ކަންކަން ބެލެހެއްޓޭނެއެވެ.

- ޚަރަދުކުރަންޖެހުން މަދުވުމުގެ އިތުރުން އަނބިމީހާ ވާނީ ފިރިމީހާގެ ކަންކަން ބަލަހައްޓާ މީހަކަށެވެ. ފިރިމީހާއަށް ޚިދުމަތްކުރާ މީހަކަށެވެ. ކައްކާފައި ކާންދިނުމާއި އެނޫންވެސް ކަންކަން ކޮށްދޭ މީހަކަށެވެ.

- ބަލިވެއްޖެނަމަ އަނބިމީހާ އެހީތެރިވާނެއެވެ. ގަދަކަމުންވެސް ޑޮކްޓަރަށްވެސް ގެންދާނެއެވެ. ވީމާ ކައިވެނިކުރުމުން އެލިބެނީ ތިމާގެ ޞިއްޙަތަށް ފާރަވެރިވާނެ ފާރަވެރިއެކެވެ.

--އަނބިމީހާވާނީ ފިރިމީހާގެ ޚިދުމަތުގައި އަބަދުވެސް ހުންނަ މީހަކަށެވެ. ވީމާ ފޫހިވެ އެކަނިވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.  

ފަށަމުން ބުނިފަދައިން މިކަންކަމަކީ ކައިވެނިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ބަޔާންކޮށް މުސްލިމް ނޫން މީހުން ހާމަކުރާ ކަންކަމުގެ ތެރެއިން ކުޑަމިންވަރެކެވެ. ފާފަނުކުރުމާއި ޙަލާލު ގޮތުގައި އެއްދާންކުރުންފަދަ ކަންކަމުގެ ވާހަކަ އެމީހުން ނުދައްކާނެއެވެ.  

އެމީހުން އެބުނާ މިންވަރުންވެސް އެނގެނީ އަންތބަކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިއްޖެނަމަ ވީހާ އަވަހަކަށް ކައިވެނިކުރުމުގެ މުހިންމު ކަމެވެ. ކައިވެނިކުރުމުން އެތައް ބައިވަރު ފައިދާތަކެއް ކުރާނެ ކަމެވެ. އިސްލާމް ދީނުގައިވެސް ކައިވެނިކުރަން އެހާބޮޑަށް ބާރުއަޅާފައި އެއޮންނަނީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ޚަރަދުބޮޑުވަނީ އަދި ދެރަތައް ލިބެނީވެސް ކައިވެނިނުކުރުމުން ކަމެވެ. ކައިވެނި ނުކޮށް ހުރުމަކީ ތިމާއަށް އެއްވެސް ފައިދާއެއް ނެތް ގޮތުގައި ޖީބުހުސްވާ ކަމެއްވެސް ކަމެވެ. އުފާވެރިކަމާއި ތަނަވަސްކަން ލިބެން އޮތީ ކައިވެނިކުރުމުން ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން