ޢިއްޒަތްތެރި އަޙުން މީ ހަމައެކަނި އާދައިގެ ވާހަކަތަކެއްނޫން. މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ. މައިންބަފައިންނަށް ކިޔަމަންތެރިނުވުމަކީ އެއީ އޭގެ ޢަޛާބު ދުނިޔޭގައިވެސް ކުރިމަތިވެދާނެ ކަމެއް.
ތިބޭފުޅުން އަޑުއައްސަވާނެ. ޔަމަނުކަރައިގަ އުޅުއްވި ބޭފުޅެއް. އުވައިސުލް ޤަރްނީ ނަމަކަށް ކިޔާ ބޭފުޅެއް. ކީރިތި ރަސޫލާ ޞއްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގަ އިސްލާމްވެވަޑައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ބައްދަލުވުމުގެ ފުރުސަތެއް ލިބިވަޑައިނުގެން. މަންމަ ދުނިޔޭގައި ހުރީމަ މަންމަ ބެލުމަށްޓަކައި މަޑުކުރަންޖެހުނީ. ވަރަށް މާތް ބޭފުޅެއް.
އެކަލޭގެފާނުގެ ގައިކޮޅުގަ ނުރައްކާތެރި ބައްޔެއް ހުންނަކަމަށްވޭ. ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާ ދެންނެވި. އެހިނދުގަ އޭނަގެ ކިބައިން ރައްކާތެރިކުރެއްވި. އޭނާގެ ދުޢާއަކީ އިޖާބަކުރައްވާ ދުޢާއެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުން ދޭހަވޭ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުމަރުގެފާނަށް ދަންނަވަނީ ޔަމަނުކަރައިގެ ޤަރުނުން އަންނާނޭ ޤާފިލާތަކެއް. ބަޔަކުމީހުން އަންނާނޭ. އެމީހުން އަތުވެއްޖެނަމަ އޭގެތެރޭގައި އުވައިސުލް ޤަރްނީ ހުންނެވިނަމަ އޭނައަށް ދަންނަވާށޭ ފާފަ ފުއްސެވުމަށް ﷲ ގެ ޙަޟްރަތުގައި ދަންނަވާށޭ. އެހެންވީމަ ޢިއްޒަތްތެރި އަހުން ކިހާ މަތިވެރި ކަމެއްތޯ. ކިހާ މަތިވެރި ކަމެއްތޯ އަސްލު މި އަހަރެމެންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ.
އެހެންވީމާ ކަންނޭނގޭ ބައެއް ރިވާޔަތްތަކުގަ ބައެއް ވާހަކަތަކުގަ އާދޭ އެބަ ސުވަރުގެ ވަނީ މައިމީހަގެ ފައިތިލަދަށުގައޭ. މިކަމާ ގުޅޭގޮތުންވެސް ތިޔަބޭފުޅުން އަޑުއައްސަވަނެ ވާހަކައެއް. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގަ އެ ޙަދީޘްގެ ޞައްޙަ ނުޞައްޙައެއް ނޭނގެ އަޅުގަނޑު ބަލައެއް ނުއެއްލަން. އެހެންނަމަވެސް ވާހަކައަކީ އޭގެ ޢިބްރަތް ރަނގަޅު ވާހަކައެއް.
އެ ވާހަކައިގަ މި އަންނަނީ ޞަޙާބީއަކަށް މަރުމަތީގަ ޝަހާދަތް ނުކިޔުނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ އެމީހެއްގެ ފަހުގެ ބަހަކީ ދުނިޔެއިން ވަކިވުމުގެ ބަހަކީ , لَا إِلَٰهَ إِلَّا ٱللَّٰهُ ކަމަށް ވެއްޖެއްޔާ އޭނަ ސުވަރުގެ ވަންނާނޭ. مـن قـال لا إلـه إلاّ الله دخـل الـجـنّـة، އޭނައަށް ސުވަރުގެ ލިބޭނެ لَا إِلَٰهَ إِلَّا ٱللَّٰهُ ކިޔިއްޖެ ކަމަށްވާނަމަ. އެހެންނަމަވެސް އޭނައަކަށް ކިޔޭ ގޮތެއް ނުވި . އޭނަގެ ދުލެއް މަސައްކަތެއް ނުކުރި.
އެހެންވީމަ އަޞްޙާބުބޭކަލުން ކަންތައް ބޮޑުވެ ވަޑައިގެންނެވި. އެހެންވީމާ އެންމެފަހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި އެވާހަކަ ދެންނެވީމާ ހުރިހާ ގޮތަކުން އެކަލޭގެފާނު ބެއްލެވި. އެކުވެރިންނާ އޭނަޔާއެކު އުޅޭ އެންމެންގެ ވާހަކަތައް އަޑުއެހުމަށްފަހު، އެންމެންގެ ފަރާތުންވެސް ލިބުނީ ޕޮޒިޓިވް ޖަވާބެއް. އެކަލޭގެފާނަކީ ވަރަށް ރަނގަޅު ވަރަށް މާތް ވަރަށް މަތިވެރި ވަރަށް ދީލަތި ބޭކަލެއް.
އެހެންނަމަވެސް މަންމަ ބުނީ ތިމަންނައެއް ނުރުހެމޭ. ތިމަންނައެއް ނުރުހެމޭ. އޭގެ ނަތީޖާ ދުނިޔޭގަވެސް އޭނައަށް އެ ފެނުނި. ކަން މިހެން ހުރީމަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައެއްފަހަރު މިސާލު ޖައްސަވައިގެން މީސްތަކުންނަށް ކަންކަން ބުނެދެއްވާތީ އެކަލޭގެފާނު ވިދާޅުވިކަމަށްވޭ ދަރުތަކެއް ގެނެސް އަލިފާންޖަހާފަ އޭނަ އެއަށް އެއްލާލާށޭ. އެހިނދުގަ މައިމީހާގެ ލަގޮނޑިއަށް ނިކަން ބަލާ ދުނިޔޭގެ ހުރިހާ ވަގުތެއްގައިވެސް އޭނަޔާ ގުޅުމެއްނެތް. އެހެންނަމަވެސް ދަރިފުޅަށް ދެރައެއް ލިބޭކަށް ހިތާމައެއް ލިބޭކަށް އޭނަ ނޭދުނޭ. އެހިނދުގަ އޭނަ ބުނީ ހެޔޮނުވާނެ އޭނަޔަށް އެހެން ހަދަން. ދަރިފުޅު އަލިފާނަށް ނުލާށޭ. ކީރިތި ރަސޫލާ ވިދާޅުވިކަމަށްވޭ އޭނަ އެ އޮތްގޮތަށް އޮވެ ހިނގައްޖެ ކަމަށްވާނަމަ އޭނަ ދާނީ ނަރަކައަށޭ. ކޮންމެއަކަސް އެ މަންމަ ހިތް ހަލާލުކުރީ. އޭނަގެ ރުހުން ދިނީ. އަބޫހުރައިރާގެ ގާތުގަ ވިދާޅުވަނީ މިހާރު ދޭބަލާށޭ ގޮސް ބަލަން. އޭނައަށް އެހިސާބަށް ދެވުނުއިރު ދުލުން ނިކުންނަކަމަށް ވަނީ لَا إِلَٰهَ إِلَّا ٱللَّٰهُ. لَا إِلَٰهَ إِلَّا ٱللَّٰهُ އެބަސް ކިޔައިފި. އެހެންވީމާ ޢިއްޒަތްތެރި އަޙުން ހަޤީގަތުގައިވެސް މިއީ ވަރަށް މުހިންމު ކަމެއް. ލޮބުވެތި ޢިއްޒަތްތެރި އަޚުން ހަޤީގަތުގަވެސް މައިންބަފައިން ހެޔޮކަށްހިތުން.
- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން