ޝިފާހޯދައިދޭނެކަމުގެ ޔަޤީންކަންދޭ މީހުންލައްވައި ރުޤްޔާކުރުވާކަށް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޝިފާހޯދައިދޭނެކަމުގެ ޔަޤީންކަންދޭ މީހުންލައްވައި ރުޤްޔާކުރުވާކަށް ނުވާނެ!

ފުރަތަމަ މިކިޔައިދެނީ ދާދިފަހުން ހިނގާފައިވާ ކަމެކެވެ. އޭނާ ބުނީ އޭނާ ރުޤްޔާކުރާ އެންމެންނަށް ޝިފާލިބޭ ކަމަށެވެ. އެހެންވެ ބުނަންޖެހުނީ ތިބާ ރުޤްޔާކުރި ބައެއް މީހުންނަށް ޝިފާނުލިބިގެން ޝަކުވާކުރާކަމަށެވެ. ދެން އޭނާ ބުނީ ޝިފާނުލިބެނީ އޭނާ ބުނާ ގޮތަށް ކަންތައް ނުކުރެވޭތީ ކަމަށެވެ. ކޮށްފިނަމަ ޝިފާލިބޭނެ ކަމަށެވެ.  

މިފަދަ ބަސްތައް ބުނާ މީހުންގެ ވާހަކަ ޤަބޫލުނުކުރާށެވެ. ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން ދޭ ބޭހުންވެސް ޝިފާނުލިބިގެން 2،3 ފަހަރުވެސް ބޭސް ބަދަލުކުރަންވެސް ޖެހެއެވެ. ހަމައެގޮތަށް ކިތަންމެ މޮޅު މީހަކު ރުޤްޔާކުރިނަމަވެސް އެންމެންނަށް ޝިފާލިބުމަކީ ނުވާނެކަމެކެވެ. އެންމެ މޮޅުކަމަށްބެލެވޭ އެތައް ބައެއްގެ ގާތަށް އެއްކަމެއްގައި ދާންޖެހެނީ މަދަކުން ނޫނެވެ.

އެހެން އެވަނީ އެމީހުން ދެރަވެގެނެއްވެސް ނޫނެވެ. އެމީހުންނަށް ނުއެނގޭތީއެއްވެސް ނޫނެވެ. ޝިފާ ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށްވާތީއެވެ. ވީމާ ފަށަމުން މިބަޔާންކުރިފަދަ ގަދަބަސްބުނާ މީހުން ދައްކާވާހަކަ ޤަބޫލުނުކުރާށެވެ. އެއީ ތެދުވެރިންކަމަށްވުމަކީ ވަރަށް ދުރުކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ރުޤްޔާކުރުމަށްބަލާއިރު އެކަން ބިނާވެގެން އަންނަނީ ޙަޤީޤަގުގައި އެމީހެއްގެ ތަޖްރިބާއަށް! ދެން رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘް ކުރައްވާފައިވަނީ ޝިރުކު ނުވަންނަކަމަށް ވަނީނަމަ އޭގެތެރެއަށް ރުޤްޔާކުރުމުގެ ތެރޭގައި ޝިރުކު ނުވަންނަކަމަށްވަނީނަމަ ހަމަ އެމީހެއްގެ ތަޖްރިބާއިން ކުރިއަށްގެންދާށޭ،  

މާނަޔަކީ މިސާލަކަށް ބައެއްމީހުން ބުނެފާނެ ބޮލުގައި ރިއްސާކަމަށް ވަނީނަމަ ދިހަ ފަހަރަށް އާޔަތުލް ކުރުސި ކީމައި ރަނގަޅުވާނޭ. އެއީ އޭނައަށް އެކަން ތަޖްރިބާ ކުރެވިފައި ހުރީމަ އޭނާގެ ތަޖްރިބާގެ އަލީގައި އެގޮތަށް ބުނަނީ، އެހެންވެއްޖެއްޔާ އެގޮތަށް ކަންތައް ކުރުމަކީ މައްސަލައެއްނޫން. ދިހަފަހަރު އާޔަތުލް ކުރުޝީކިޔެވުމަކީ އެއީ އޭގެ ތެރޭގައި ޝިރުކު ހިމެނޭ ކަމެއް ނޫން. އެހެންވީމައި ރުޤްޔާކުރުމަށްޓަކައި އެކުރާ ކަންތައްތަކުގެ ތެރޭގައި ޝިރުކު ނުހިމެނޭ ކަމަށް ވަނީނަމަ އެކަން މަނާކުރާނެ އެއްވެސް ހައިސިއްޔަތެއް ނެތް.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ހަމަ އެއާއިއެކު ވިސްނާލުން ވަރަށް މުހިނަމު ކަމެއްވެސް އެބައޮތެވެ. އެއްވެސް ޢިލްމެއް އަދި ތަޖުރިބާއެއް ބުނާ ވާހަކަތައް ޤަބޫލުކުރުމާއި އަދި އެންމެ ކުޑަމިނުން އެއީ ކާކު ބުނިބަހެއްކަން ޔަޤީންނުވާ މީހުން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓްތަކަށް ބަލައި ޤަބޫލުކޮށްގެން ކަންކަން ކުރުން ޝައިޚް އެވިދާޅުވި ބަސްފުޅުގެ ތެރޭގައި ހިމެނިގެނެއް ނުދެއެވެ. ވީމާ ޤަބޫލުކުރަންވާނީ ޝައިޚް އެވިދާޅުވާފަދަ ޝަރުޠު ހަމަވާ މީހުން ބުނާ ވާހަކަތަކެވެ.

 

މިއަދު އޮންލައިން