ހަނދުމަކޮށްދިނުމެއް!: ހިދާޔަތު ދެއްކެވުމާބެހޭގޮތުން އެނގެންޖެހޭ ކަންކަމުގެތެރެއިން- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 19ސ
ހަނދުމަކޮށްދިނުމެއް!: ހިދާޔަތު ދެއްކެވުމާބެހޭގޮތުން އެނގެންޖެހޭ ކަންކަމުގެތެރެއިން- 1

އެންމެފަހުން އަޅުގަނޑުމެން " اَلْهَادِى " މިއިސްމުފުޅާ ބެހޭގޮތުން ވާހަކަ ދައްކަން ހަމަޖެހިފައިވާ ބަޔަކީ، ހިދާޔަތުގެ ސަބަބު ތަކާބެހޭ ގޮތުން " اَلْهَادِى، "  އެއީ الله سُبْحَانَهُ وتَعَالى އީ އަޅުތަކުންނަށް އެކަލާނގެ އެންމެހައި ޚަލްޤު ތަކުންނަށް ހިދާޔަތު ދައްކަވާފަ، މަގުދައްކަވާއިސްމު. އޭގެތެރޭގައި މީސްތަކުންނަށް އުޅެންވީ ތެދުމަގާއި، އަދި އޭގެ އިތުރުންވެސް އެކަލާނގެ އުފައްދަވާފައިވާ އެންމެހައި މަޚްލޫޤާތުތަކަށް އެސޮރުމެންގެ ދުނިޔަވީ ޙަޔާތް ވޭތުކުރާނެ ގޮތާއި، އެޙަޔާތުގައި އެސޮރުމެންނަށް ފައިދާވާނެ ގޮތާއި، ގެއްލުންވާނެ ގޮތާއި، މިހުރިހާ ކަމެއްވަނީ  الله سُبْحَانَهُ وتَعَالى ހުރިހާ ޚަލްޤުތަކުން ނަށް އުގަންނަވައި ދެއްވާފަ.

އެހެންވީމާ އަޅުގަނޑުމެންނަށް ފެންނާނެ އިންސާނުން އެކަންޏެއް ނޫން. ދުނިޔޭގައި އެކަލާނގެ ލެއްވި ހުރިހާ މަޚްލޫޤާތެއްވެސް އުޅެނީ ހަމަ الله سُبْحَانَهُ وتَعَالى އެތަކެއްޗަށް އަންގަވާފައިވާ ވަކި ނިޒާމެއްގެ ތެރެއިން އުޅޭނެ ތަނާއި، ކާނެ އެއްޗިއްސާއި، ބޯނެ އެއްޗިއްސާއި، ރިޒްޤު ހޯދާނެ ގޮތާއި، އެސޮރުމެންނަށް ކަމުދާނެ މާޙައުލާއި، ކަމުނުދާނެ މާޙައުލާއި، އެސޮރުމެންގެ ދުޝްމަނުންނާއި، އެސޮރުމެންގެ މިތުރުންނާއި، މިހުރިހާ އެއްޗެއް ދަނޭ، ކުރަންޖެހެނީ ކޮންމަސައްކަތެއްކަން ﷲ ވަނީ އަންގަވާފަ.

އެހެންވެ ކީރިތި ޤުރްއާނުގައި الله سُبْحَانَهُ وتَعَالى ދޫނިސޫފާ ސޫތްޕާއި  އަދި އެނޫންވެސް އެކިއެކި އުންމަތްތައް އެކިއެކި ޖަމާޢަތްތައް މީ ހަމަ އިންސާނުންފަދަ އުންމަތް ތަކެއްގެ ގޮތުގައި ބަޔާން ކުރައްވާފަ. وَمَامِنْ  طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ  ދޫނިސޫފާސޫފި އެސޮރުމެންގެ ދެފިޔަލައިގެން އުދުހޭ ދޫނިސޫފާއި ސޫތްޕެއްވެސް ނުވެއޭ "إِلَّا أُمَمٌ أَمْثَالُكُم " ތިޔަބައިމީހުންފަދަ އުންމަތްތަކެއް ކަމުގައި މެނުވީ.  

އަޅުގަނޑުމެން ކައިބޮއި ހަދާ ކާވެނިކޮށް، ވިހާ ކުދިންބޮޑުކޮށް ރިޒްޤު ހޯދާ މިހެން ހަމަ މިއުޅޭހެން އެހެނިހެން ޖަނަވާރުތަކާއި، ފަނިފަކްސާތަކާއި، އެސޮރުމެންވެސް އުޅޭނެ ގޮތްތައް  ވަނީ الله سُبْحَانَهُ وتَعَالى އެސޮރުމެންނަށް ދައްކަވާފަ. އެއީ އެކަލާނގެއީ " اَلْهَادِى "  ހުރިހާ ތަކެއްޗަކަށް މަގުދެއްކެވި " اَلْهَادِى ގެ جلَّ جَلاَلُهُ ، الله سُبْحَانَهُ وتَعَالى " 

އަޅުގަނޑުމެން މިއިސްމުފުޅުގައި ވާހަކަ ދެއްކި އިރުގައި މިހިދާޔަތު މައިގަނޑު ހަތަރު ބަޔަކަށް ބެހޭ ކަމަށް ވާނީ ފާހަގަ ކޮށްފައި، އަޅުގަނޑު ޚުލާޞާކޮށް ދަންނަވާލާ ބާކީ ބަޔައިގެން ކުރިޔަށް ދާނަން: އެއީ،  

ޢާއްމު ހިދާޔަތް، ޢާއްމު ހިދާޔަތަކީ މިދެންނެވި ހިދާޔަތް، ހުރިހާ ޚަލްޤު ތަކުންނަށް  އެކަލާނގެ ދައްކަވާފައިވާ މަގު އިންސާނުންވެސް  ޖިންނީންވެސް، ވަލުޖަނަވާރުތައްވެސް އަދި ފަނިފަކްސާތައްވެސް ހުރިހާ އެއްޗަކަށް އެކަލާނގެ ދައްކަވާފައިވާ މަގު އަދި، ދިރޭތަކެތި ނޫނަސް ގަސްގަހާ ގެއްސައްވެސް އަދި މިކައުނުގައި ލައްވާފައިވާ އެކިއެކި މަޢްދަން ތަކަށްވެސް ވަނީ އެއެއްޗެހީގެ ޠަބީޢަތް އެކަލާނގެ ކަނޑައަޅުއްވާ ދެއްވާފަ.

ގުޅޭ އެއްޗިއްސާއި، ނުގުޅޭ އެއްޗިއްސާއި، ހަރުއެއްޗިއްސާއި، މަޑުއެއްޗިއްސާއި، ދިޔާ އެއްޗިއްސާއި، އޮލައެއްޗިއްސާއި، މިހުރިހާ އެއްޗެއްގެ ޠަބީޢަތް މިއިން އެއްވެސް އެއްޗަކަށް ނާންނާނެ ބަދަލެއް އެކަލާނގެ ލައްވާފައިވާ މަގުގެ ތެރޭގައި މެނުވީ އެއީ ޢާއްމު ހިދާޔަތް ކޮންމެ އެއްޗަކަށްވެސް އެކަލާނގެ ދައްކަވާފައިވާ މަގު.  

ކީރިތި ޤުރްއާނުގައި الله سُبْحَانَهُ وتَعَال މާމުއި ކުޅަނދުރުގެ ވާހަކަ ބަޔާން ކުރައްވާފައި" “وَأَوْحَى رَبُّكَ إلَى النَّحْلِ أَنِ اتَّخِذِي مِنَ الجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ * ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً” (سورة النحل ގެ 68 ـ 69.) މި آية   ތަކުގައި ބަޔާން ކުރައްވާފައި ވަނީ މާމުއި ކުޅަނދުރަށް މާތް ﷲ ކުރެއްވި އިލްހާމް، އެސޮރުމެން މާމެލާމެލިން ފޮނިބޮއި ގަސްތަކުން ކައި ބޮއި ހަދައިގެން ދިރިއުޅެންވީ ތަނާއި، ކާންވީ އެއްޗިއްސާއި ނުކާންވީ އެއްޗިއްސާ، އޭގެފަހުގައި ޚާލިޞް ސާފު ބުއިމެއް މީސްތަކުންނަށް ޝިފާއެއްގެ ގޮތުގައި ވަނީ ނެރުއްވާ ﷲ އަންގަވާފައި އޮތްއިރު ، ކޮންމެކޮންމެ އެއްޗެއް އެސޮރުމެން ނުކައި ކޮންމެކޮންމެ ތާކު ނުއިށީނދޭ އެހެންވީމާ އެއީ  الله سُبْحَانَهُ وتَعَالى ދައްކަވާފައިވާ ހިދާޔަތް. 

 

 

- ޝައިޚް އަޙްމަދު ސަމީރު " اَلْهَادِى " އިސްމުފުޅާބެހޭގޮތުން ދެއްވާފައިވާ ދަރުސަކުން

މިއަދު އޮންލައިން