މަންމައަށް ހެޔޮކޮށް ހިތްތެވި ޞަޙާބީއެއްގެ އަޑުފުޅު ސުވަރުގެއިން ރަސޫލް ޞޢޥ އަށް އިވިވަޑައިގަތުން! ކޮންފަދަ މަތިވެރި ނިޢުމަތެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
މަންމައަށް ހެޔޮކޮށް ހިތްތެވި ޞަޙާބީއެއްގެ އަޑުފުޅު ސުވަރުގެއިން ރަސޫލް ޞޢޥ އަށް އިވިވަޑައިގަތުން! ކޮންފަދަ މަތިވެރި ނިޢުމަތެއްތޯ؟

ކުރިން ދެއްކީ މައިންނަށް ހެޔޮކޮށްނުހިތުމުގެ ހިތާމަވެރި  ވާހަކަ. ކުރިން ކީ ހެޔޮކޮށްހިތުމުގެ ވާހަކަ. އަދިވެސް މިކަހަލަ އެއް ވާހަކައެއް ކިޔާލާފަ ދެންހުރި ވާހަކަ ކޮޅައިގެން ކުރިއަށް ދާނީ. 

ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގަންނަވަނީ ހުވަފެންފުޅެއް! އެކަލޭގެފާނު ވިދާޅުވަނީ ތިމަންނައަށް ކުޑަ ނިންޖެއް (އަވަހާރަފުޅުލެއްޕެވުމެއް) ޖެހިއްޖެއޭ. فسمعت صوت قارئ އޭ. ތިމަންނަ އަޑުއެހީމޭ ކިޔެވުމެއް ކިޔަވާ އަޑު. ޤުރްއާން ކިޔަވާ އަޑު ތިމަން އަޑުއެހީމޭ. ތިމަންނާ ބުނީމޭ މި ޙަދީޘްގަ އިންނަގޮތުން فرأيتني في الجنة  ތިމަންނައަށް ހުވަފެނުގަ ފެންނަނީއޭ ސުވަރުގޭގަ ތިމަންނަ ވާތީ. ތިމަންނައަށް ސުވަރުގޭން މިއިވެނީ މީހަކު ޤުރްއާން ކިޔަވާ ވިދާޅުވާތީ. ތިމަންނަ ގާތުގައި ތިބި މީހާ ފަހަރެއްގަ ޖިބުރީލު ޢަލައިހިއްސަލަމް ކަމަށްވުން އެކަށީގެންވޭ. އެކަލޭގެފާނުގެ އަރިހުގައި މިދަންނަވަނީ އެއީ ކާކުގެ އަޑެއްތޯއޭ. ދަންނަވަނީ هذا حارثةُ بنُ النعمانِ އެއީ ޚާލިދު ބުން ނުއުމާންގެ އަޑޭ. އިތުރު އެކަލޭގެފާނު ކީކޭތޯ ވިދާޅުވަނީ. كذلكم البرُّ كذلكم البرُّ وكان أبرَّ الناسِ بأمِّه   މަންމައަށް އެންމެ ކިޔަމަންތެރި މީހެއްގެ ގޮތުގައޭ އޭނަ އެނގެނީ. 

މީ ޢިއްޒަތްތެރި އަޙުން މަންމައަށް ހެޔޮގޮތުގައި ކިޔަމަންތެރިވުމުގެ ނަތީޖާ އެންމެފަހުން އަހަރެމެންނަށް ދައްކަވާނެ ގޮތަކީ. މީގެ މާނައެއް ނޫން މަންމަމެން އަމުރުކުރާ ކޮންމެ ކަމަކަށް ކުރީގެ އާޔަތުގަ އެއޮތީތާ  وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا .އަނެއް އާޔަތެއްގަ އެބައާދެ އެކަލާނގެ ވަޙީކުރައްވަނީ وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ދެން އަނގަވަނީ އެއަށްފަހުގަ މި މައިންބަފައިންނަށް އިޙްޞާންތެރިވުމަށް. އެހެންވީމަ މާﷲ އަށް ކިޔަމަންތެރިނުވުމަށް މައިންބަފައިން އަމުރުކުރާ ހާލެއްގަ އެކަމަށް ކިޔަމަންތެރިވުމެއް ނޯންނާނެ. لا طاعة لمخلوق في معصية الخالق މީ ޤައިދާއެއް ޢަރަބިބަހުގަ ނޫންނަމަ ޝަރީޢަތުގަ ނޫންނަމަ ޤާއިދާއެއްގެ ގޮތުގަ އައިސްފަވާ ބަސްފުޅެއް. މާޞިޔާއެއްގެ ގޮތުގަ އައިސިއްޔާ  އެހެން އެއްވެސް ފަރާތަކަށް ކިޔަމަންވެ އެފަރާތަކަށް ކިޔަމަންވުމެއް ނެތޭ. އެހެންވީމާ ހަޤީޤަތުގަ ކިޔަމަންތެރިވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބަލަން އެބަޖެހޭ.

 

- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން

މިއަދު އޮންލައިން