ބައިވެރިޔާއަށް ކުރެވޭ ކުށްތަކަށް ވިސްނުމުގަ އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބައިވެރިޔާއަށް ކުރެވޭ ކުށްތަކަށް ވިސްނުމުގަ އެންމެ ފައިދާހުރި ގޮތް-

ގިނަބައަކު އަބަދުވެސް ސަމާލުކަންދޭނީ ބައިވެރިޔާގެ ކިބައިން ފެންނަ ކުށަށެވެ. އެގޮތަށް ކަންތައްކުރާނަމަ ވާނެ ގޮތަކީ ސިކުނޑީގައި ހަރުލާނީ އެކަމެވެ. އިސާހިތަކު އެކަން ބޮޑުވެ މުޅިސިކުނޑިއެކުގައި ހިފާނެއެވެ.  

އެހިސާބުން ބައިވެރިޔާ ކޮށްދޭ ރަނގަޅު ކަންތައްތަކުގެ ހަނދާނެއް ނުކުރެވޭނެއެވެ. އަބަދުވެސް ހުރެވޭނީ ހާސްވެ ކަންބޮޑުވެވިފައެވެ. ރުޅިއަންނަމުން ގޮސް އިންތިހާއަށް ރުޅިގަދަވާން ފަށާނެއެވެ. ފޫހިވަމުންގޮސް ދެމީހުން ވަކިވާން ވިސްނެން ފަށާނެއެވެ.  

ވީމާ ބައިވެރިޔާއަށް ކުށެއް ކުރެވުނަސް އެހާބޮޑަށް އެކަމަށް ސަމާލުކަން ނުދޭށެވެ. މާފުކުރެވޭވަރުގެ ކަންކަމަށް ވަޤުތުން މާފުކުރާށެވެ. ކުދިކުދި ކަންކަން އެއީ މައްސަލައަކަށް ނުވެސްހަނދާށެވެ. އެކަން ތަކުރާރުނުކުރަން ބުނެފައި އެކަން އެހިސާބުން ނިންމައިލާށެވެ!

އެގޮތަށް ކަންތައްކުރަން އެންމެފަސޭހަވާނެ ގޮތަކީ ބައިވެރިޔާގެ ކިބައިން ކުރާ ފައިދާތަކަށް ވިސްނުމެވެ. އޭނާގެ ރަނގަޅުކަމަށް ވިސްނުމެވެ. އޭނާކޮށްދޭ ރަނގަޅު ކަންކަމުގެ އަގުވޒަން ނުކުރުމެވެ. އަނބިމީހާ ވަރިކުރަން ބޭނުންވެގެން އޭނާގެ ޝަކުވާތައް ހިފައިގެން ދިއަ މީހާއާއި "އަނބިމީހާގެ ކިބައިން އެއްވެސް ރަނގަޅުކަމެއް ނުފެންނަނީތޯ؟" ސުވާލުކުރެއްވެވީ މިސަބަބަށްޓަކައެވެ. މިސުވާލު ދެމީހުންނަށްވެސް ނިޞްބަތްވެއެވެ. ފިރިމީހާއާއިމެދު ކުރެވޭ ޝަކުވާއެއްނަމަ ކުރިއަށް "ފިރިމީހާގެ" ލައިގެން ސުވާލުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟  

މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު އެއްކަމަކީ ނުވަތަ ލިބޭ އެންމެ ބޮޑު ދެރައަކީ ބައިވެރިޔާގެ ކުށްތަކަށް ވިސްނައި ކަންބޮޑުވަމުންގޮސް އަމިއްލައަށް ނަފްސާނީ ބަލިމަޑުމަޑުކަމުގެ ތެރެއަށް ވެއްޓިގަންނަ ކަމެވެ. މިއީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑުދެރައެކެވެ.

 

- މަޢުލޫމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން