ތިމާއާއި ދަރިންނަކީ ނަމާދު ޤާއިމުކުރާ އަޅުންކަމުގައި ލެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިމާއާއި ދަރިންނަކީ ނަމާދު ޤާއިމުކުރާ އަޅުންކަމުގައި ލެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

ކޮންމެ މީހަކަށްވެސް އެންމެ މުހިންމުކަމަކީ ތިމާއާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމްކުރާ  ބައަކުކަމުގައިވުމެވެ. އެހެންވެ އެކަމަށް އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އެކަމަށް މަސައްކަތްކުރަމުން ދުޢާކުރާ މީހުންނަށް ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

މިބަޔާށންކުރަނީ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ. 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!

(އިބްރާހީމް ސޫރަތުގެ 40) 

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން