ދެމަފިރިންގެ ދެމެދުގަ ކިތަންމެ ކުޑަނަމަވެސް ދެބަސްވުމެއް ހިނގާނަމަ އަޢޫޛްކިޔަން އަވަސްވެގަތުމަށްވުރެ ކުރަން ފައިދާހުރި ކަމެއް ނެތް!: ޝައިޚް މުޙައްމަދު ބާޖޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމަފިރިންގެ ދެމެދުގަ ކިތަންމެ ކުޑަނަމަވެސް ދެބަސްވުމެއް ހިނގާނަމަ އަޢޫޛްކިޔަން އަވަސްވެގަތުމަށްވުރެ ކުރަން ފައިދާހުރި ކަމެއް ނެތް!: ޝައިޚް މުޙައްމަދު ބާޖޫރު

ޙަދީޘްފުޅުން އެނގެން އޮތްގޮތުގައި އިބްލީސް ކޮންމެ ދުވަހަކު ހެނދުނުހެނދުނާ އޭތީގެ ލަޝްކަރުތައް މީސްތަކުންގެ ގާތަށް ފޮނުވައެވެ. މީސްތަކުން މަގުފުރައްދައި ފާފަތައް ކުރުވުމަށެވެ. ދުވަސް ނިމުމުން ޝައިޠޯނުންތައް ގޮސް އެދުވަހު ކުރެވުނު ކަންކަން އިބްލީހަށް ކިޔައިދޭނެއެވެ.

"ބަނގުރާބުއިމާއި، ޖުވާކުޅުމާއި ފާޙިޝް ޢަމަލުތައް ކުރުމާއި މީހުން މެރުން ފަދަ ކަންކަން ކުރުވި ޝައިޠޯނުންނަށްވެސް ބުނާނީ ތީއްޗަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށެވެ. އެކަމަކު ދެމަފިރިއެއްގެ މެދުގައި ަމއްސަލަޖައްސުވައި ވަރިކުރުވައިފިނަމަ އެޝައިޠޯނެއްގެ ގައިގައި ބައްދާލައި ޝަރަފުގެ ތާޖު ބޮލުގައި ބަހައްޓައިދެއެވެ.  

މިބުނި ފަދަ އެންމެ ބޮޑެތި ފާފަތައް ކުރުވުމުން އެއްވެސް ކަމެއް ކުރެވުނު ކަމަށްނުވެފައި ދީނުގައި ކުރަން ހުއްދަ ކަމެއްކަމަށްވާ ވަރިކުރުވުމުން އިބިލީސް އެހައިބޮޑަށް އުފާކޮށް ޢިއްޒަތްދޭ ސަބަބަށް ވިސްނާށެވެ. ދަރިންތަކެއް މުޖުތަމަޢުއަށް ބާކީކޮށްލުވައި މަގުފުރައްދުވަން ފުރުޞަތުލިބޭތީއެވެ. ކައިވެނި ރޫޅުމުން އެމީހުން ލައްވައި ފާޙިޝް ޢަމަލުތައް ކުރުވަން ފަސޭހަވެގެންދާތީއެވެ.  

ޝައިޠޯނާ އަނބިމީހާއަށް ފިރިމީހާގެ ކުށްތައް ވިސްނައިދީ ވަރިއަށް އެދުމަށް ހިތްވަރުދޭނެއެވެ. ވަރިކުރަން ފިރިމީހާއަށް ހިތްވަރުދޭނެއެވެ. އެކަކު އަނެކަކަށް ޝައްކުތައް ކުރެވި ދެމަފިރިންގެ މެދުގައި ޒުވާބުތައް ކުރެވޭ ސަބަބަކީވެސް އެއީއެވެ.  

ވީމާ ދެމަފިރިންގެ މެދުގައި އެފަދަ ކަމެއް ހިނގާނަމަ އަޢޫޛްކިޔަން އަވަސްވެގަންނާށެވެ! އަޢޫޛް ކިޔައި ޝައިޠޯނާ ފައްސައި ދުރައްލާށެވެ. އެކަމަށް އަވަސްވެގަންނަނަމަ މައްސަލަ ހޫނުނުވެ ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން