ހެޔޮ ޢަމަލުކުރުން އިތުރުކުރުމުގެ ތައުފީޤަށް އެދިގެންނާއި ޢަމަލުތައް އިޞްލާޙްވުމަށް އެދިގެންނާއި މަރުވުމަކީ ލައްވަވާ ރަޙްމަތަކަށްވުން އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހެޔޮ ޢަމަލުކުރުން އިތުރުކުރުމުގެ ތައުފީޤަށް އެދިގެންނާއި ޢަމަލުތައް އިޞްލާޙްވުމަށް އެދިގެންނާއި މަރުވުމަކީ ލައްވަވާ ރަޙްމަތަކަށްވުން އެދިގެން ކުރަން އޮތް ދުޢާއެއް!

މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދެމުންގެންދާ ދުޢާތަކުގެ ތެރެއިން މިދުޢާއަކީވެސް ކުރަން ރަނގަޅު، ފައިދާހުރި ދުޢާއެކެވެ.  

(اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ)

[أخرجه مسلم 471 – (2720)] 

މާނައީ: "އޭ ﷲ! މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ މިއަޅާގެ ދީން އިސްލާހުކޮށްދެއްވާނދޭވެ. އެތަނުގައި މިއަޅާ ދިރިއުޅެމުންމިދާ ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ.  އެތަނަކަށް މިއަޅާ އެނބުރިދާންއޮތް މިއަޅާގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ. އިތުރު ހެޔޮކަންކަން މިއަޅާގެ ޙަޔާތަށް ގެނެސްދެއްވާނދޭވެ. ކޮންމެ ނުބައިކަމަކުން ސަލާމަތްވެފައިވާ ރާޙަތެއްކަމުގައި މިއަޅާގެ މަރު ލައްވާނދޭވެ.

 

މިއަދު އޮންލައިން