ވަޒީފާ ނުލިބިގެން އުޅޭކުދިން ވަރަށް ގިނައެވެ.
ހަމައެގޮތަށް ވަޒީފާ ލިބުމުން ޒިންމާދާރުނުވާ ކުދިންވެސް ވަރަށް ގިނައެވެ. އަދި މިފަދަ ކުދިން އަންނަނީވެސް އިތުރުވަމުންނެވެ. މީގެ 30 ވަރަކަށް އަހަރުކުރިއަށް ބެލިނަމަވެސް މިއީ ވަރަށް މަދުން ނޫނީ ކުރިމަތިވާ މައްސަލައެއް ނޫނެވެ.
އެއިރަށް ބަލައިފިނަމަ ކުޑަމުސާރައިގަ އެހެން ޤައުމުތަކުގެ ސީމޭނުން ލިބޭއިރުވެސް ބޮޑުމުސާރައިގައި ދިވެހިންނަށް ވަޒިފާ ލިބެއެވެ. އެކަމުން އެނގެނީ މަސައްކަތްކުރުމުގައި ދިވަހިންގެ ހީވާގިކަމެވެ.
މިފަދަ ބޮޑު ބަދަލެއް އައި ސަބަބަކީ ކޮބައިތޯ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ކަމަކީ މިހާރު ވަރަށް ޢާންމު މައްސަލައެކެވެ. އެމައްސަލަ ބޮޑުވެ ދިވެހިންނަށް ވަޒީފާދޭން ޖެހިލުންވާ ކުންފުނިތައް މިހާރުވެސް އެބަހުއްޓެވެ. ފިހާރަތައްވެސް އެބަހުއްޓެވެ. ޚާއްޞަކޮށް ހޮޓާތަކާ ކެފެޓޭރިއާ ތަކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެގޮތުގައި ދަރިން ތަރުބިއްޔަތުކުރެވިގެން ނޫނީ ޙައްލެއް ފެންނާނެ ކަމަކަށް ނުބެލެވެއެވެ.
ދަރިންގެ ކިބައިގަ 2 ސިފައެއް އަށަގެންނެވިއްޖެނަމަ އެއީ ގެއްލޭނެ ކުއްޖަކަށް ނުވާނެއެވެ. އެއީ ކަމަށް ކަމޭހިތުމާއި ޒިންމާދާރުކަމެވެ. ކުއްޖާގެ ރަނގަޅުކަން ބިނާވެފައި އޮންނާނީވެސް މިދެ ސިފައިގެ މައްޗަށް ކަމަށެވެ.
ކަމެއް ކަމޭ ހިތުމަކީ ކަމެއް ޙަވާލުކުރީމާ އެއީ މިހުންމުކަމެއްކަމެއްކަމަށް ދެނެގަނެ އެކަމެއް ވީހާ ރަނގަޅަށް ކޮށް ނިންމުމެވެ. ޒިންމަދާރުކަމަކީވެސް މިދެންނެވިކަންތަކާއި ގުޅިލާމެހިފައިވާ ސިފައެވެ. އެހެނީ ޒިންމާދާރުވުމަކީ ކޮންމެ ކަމެއްގައި ތެދުވެރިވެ އަމާނާތްތެރިވުމެވެ.
ރަނގަޅު މުޖުތަމައުއެއް އުފެއްދޭނީ މީހުންގެ ކިބައިގައި މިދެސިފަހުރުމެވެ. އަދި މިދެސިފަ ހުރިނަމަ އެހެން މީހުންނަށް އޮޓޮމެޓިކުންވެސް ކަމޭހިތާނެއެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަންވެސް ގޮސް ގުޅެނީ ހަމަ މި ދެ ސިފައާއިއެވެ. ހަމަ އެއާއިއެކު މީހާގެ ކާމިޔާބީވެސް ގުޅިފައިވަނީ މިދެ ސިފައާއިއެވެ.
- ޑރ. ޢަބްދުއްސައްތާރު ޔޫސުފް
މިހިސާބުން ޑރ.ޢަބްދުއްސައްތާރުގެ ވާހަކަފުޅު އަމިއްލަ ދިރިއުޅުމާއި ނުވަތަ ޒަވާނީ ޙަޔާތާއި ގުޅުވައިލަމާ ހިންގަވާށެވެ!
ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ އަމިއްލަ ޒަވާޖީ ޙަޔާތަކަށް ފެށުމުން މި ދެސިފައިގެ މުހިންމުކަން ކުއްޖާއަށް ވިސްނެންފަށާނެކަމަށެވެ. އެހެންކަމުން އެދެސިފަ ކުދިންގެ ކިބައިގައި ކުރިންސުރެ އަސަގެންނެވުމުގެ މުހިންމުކަން ފާހަގަކުރައްވާކަމަށެވެ.
ރަނގަޅަށް ވިސްނައިފިނަމަ އެނގޭނެއެވެ. މި ދެސިފަ އާއި ނުލައި ރަނގަޅަށް ވަޒީފާއެއްވެސް އަދާނުކުރެވޭނެއެވެ. އެންމެ މުހިންމު ވަޒީފާއަކީ އަމިއްލަ ދިރިއުޅުމުގެ ވަޒީފާއެވެ. ކައިވެންނަށްފަހު ޒިންމާދާރުވުމުގެ ވަޒީފާއެވެ. ކައިވެނީގެ މުހިންމުކަން ވިސްނި ކަމަށް ކަމޭހިތައިގެން ދިރިއުޅުމުގެ ވަޒީފާއެވެ. ކައިވެނިކުރާތަނުން މައްސަލަތައް ކުރިމަތިވެ ކައިވެނިތައް ރޫޅީގެން މިދަނީ މިދެސިފަ ނުހުންނާތީއެވެ.
ހަމަ އެއާއިއެކު މިދެ ސިފަ ނެތި ދީނުގެ ކަންކަމަށް ބަހައްޓަންޖެހޭ ފަރުވާވެސް އޮންނާނީ ނުބެހެއްޓިފައެވެ. ފޭލްވެފައެވެ. ކުރަންޖެހޭ އަޅުކަމަށް ފަރުވާކުޑަކުރެވި މަގުގެއްލިގެންދަނީވެސް މިދެސިފަ ނެތުމުންނެވެ.
ގުޅުންހުރި: ވީޑިއޯ: