ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާ ހިތްދަތިކަމުން އަރައިގަނެވި އުފާވެރިކަން ލިބުމަށް އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާ ހިތްދަތިކަމުން އަރައިގަނެވި އުފާވެރިކަން ލިބުމަށް އެދިގެން ކުރަން އޮތް ދުޢާއެއް!

ވަކި ޤައުމެއްގައެއް ނޫނެވެ. އަދި ވަކި މުޖުތަމަޢުއެއްގައެއްވެސް ނޫނެވެ. ދުނިޔޭގެ އެންމެންހެން މިއަދު މިތިބީ ކަންބޮޑުވުންތަކާއި ހިތްދަތިކަމުން އަރައިނުގަނެވިފައެވެ،  

އެކަމާއި ބައްދަލުކުރަން އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެކަން އަޅުގަނޑުމެން ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. ބައްދަލުކުރާނީ އަންގައިވެސް ނުލައި ހަމަ ކުއްލިއަކަށެވެ. ބައްދަލުކުރުމުން މަރުޙަބާ ކިޔަން ބޭނުން ނުވިނަމަވެސް ޖެހޭނީ ހަމަ ބަލައިގަންނާށެވެ! އެކަމަކީ ހިތާމަތަކާއި ހިތްދަތިކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ހިތާމަތަކާއި ހިތްދަތިކަން ލިބިފައިވާ ބައެކެވެ. އެފަދަ ޙާލުގައިވާ މީހުން މިދުޢާކުރާށެވެ! ހަމައެކަނި އެކަންކަން ފިއްލަވައިދެއްވަވާނީއެއް ނޫނެވެ. އެއިގެ ބަދަލުގައި އުފާވެރިކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

اللهم إني عبدُك وابنُ عبدِك وابنُ أَمَتِك، ناصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ  ،أَوْ عَلَّمْتَهُ أَحَداً مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ: أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي  

މިދުޢާއަކީ އިމާމް އަހްމަދު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވާ ދުޢާއެކެވެ.  

ދުޢާ އަޑުއައްސަވައިލެއްވުމަށް:  

https://www.youtube.com/watch?v=LP-RUc2Cqj4

 

މިއަދު އޮންލައިން