ކޮންމެ މަސައްކަތަކީވެސް ރިޒުޤް ހޯދަން ކުރާ މަސައްކަތެކެވެ. އެހެންކަމުން އެންމެ މުހިންމީ ރިޒުޤް ދެއްވަވާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން މަސައްކަތްކުރުމެވެ. ނަސްވެރިކަމު ނުކުމެ އުޅުނަސް، ކިތަންމެ ދުރަށް ދުއްވިޔަސް މަސްބޭނޭނީވެސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އިރާދަކުރެއްވެވި ޢަދަދަކަށެވެ.
މަސްވެރިކަން ނަމަވެސް އަދި ކޮންމެ މަސައްކަތެއްގައި އުޅުނަސް ނަމާދުތައް އެންމެ ރަނގަޅަށް ކުރަން ސަމާލުކަން އިތުރުކުރަންޖެހޭނެއެވެ. މަސްވެރިންކަމުގައިވީނަމަވެސް އަދި ކޮންމެ މަސައްކަތެއް ކުރާ މީހަކު ކަމުގައިވީނަމަވެސްމެއެވެ.
ރާއްޖެއަކީ ގިނަ މަސްވެރިކަން ކުރާ ޤައުމެކެވެ. އެމީހުން ކޮންމެ ދުވަހަކުހެން މަހަށް ފުރައެވެ. އެއްބައަކީ އެނބުރި ރަށަށްދެވޭނެ ދުވަހެއް ނުއެނގި ގިނަ ދުވަސްތަކެއްވަންދެން ކަނޑުމަތީގައި އުޅެންޖެހޭ ބައެކެވެ. އަނެއްބައަކީ ކޮންމެ ދުވަހަކު އެނބުރި ރަށަށް އަންނަ ބައެކެވެ.
މަސްވެރިކަމުގައި ކަނޑުމަތީގައި އުޅުނަސް ނަމާދުތަކަށް ފަރުވާތެރިވާންޖެހޭނެއެވެ. މަސްވެރިކަމަށް މިހާރު ބޭނުންކުރާ ގިނަ އުޅަނދުތަކަކީ ފަސޭހައިން ނަމާދުކުރެވެންވެސް ހުންނަ އުޅަނދުތަކެކެވެ. ވީމާ ނަމާދުނުކޮށް ތިބުމެއް ނެތެވެ.
ތިރީގައި އެވަނީ މަސްވެރިކަމުގައި އުޅޭއިރު ދަތުރުވެރިޔާގެ ނަމާދުކުރެވޭނެ މަސްވެރިންނާއި ނުކުރެވޭނެ މަސްވެރިން ވަކިކުރެވޭނެ ލިޔުމެކެވެ. .
އެއްބައަކީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހުން. އެބޭފުޅުންނަކީ އެއީ ހަމަ ކޮންމެ ވަގުތަކުވެސް ކިތަންމެ ދުރަކަށްވެސް ތިބޭފުޅުން ދުއްވަންޖެހިދާނެ. އެބޭފުޅުންގެ މަސައްކަތް ބިނާވެފައި އިންނާނީ އެ މަސް ބޭނުމަށް އެ ބޭނުންވާ ޢަދަދަށް މަސް ބޭނުނީމައި އަނބުރާ އެ މަސްކިރާ ތަނަކަށް ގޮސް ދެން ފަހަރެއްގައި އަނެއްކާ އަނބުރާ މަހަށް ނުކުންނަންވެސް ޖެހިދާނެ، ނޫނިއްޔާ އަނބުރާ ރަށަކަށްވެސް ހިނގައިދާނެ. އެހެންވީމައި މާނައަކީ ވަކި ވަގުތެއް ކަނޑައެޅިފައެއް ނެތޭ އަނބުރާ ރަށަށް އަންނާކަށެއް.
އެހެންވީމައި އެމީހުންވާނީ ދަތުރުވެރިން ކަމުގައި، އެހެނެއްނޫން މިސާލަކަށް ފަތިހު މަހަށް ގޮއްސަ އިރު އޮށްސެންވާއިރަށް ރަށަށް އެނބުރި އަންނަގޮތަށް ދަތުރުކުރާ މަސްވެރިން އެމީހުންނެއް ނުވާނެ ދަތުރުވެރިންނަކަށް. އެކަމަކު ވަކި މުއްދަތެއް ނެތްގޮގޮތުގައި ރަށުން ބޭރުގައި މަސްކަނޑުމަތީގައި މަސްވެރިކަމުގައި މަސައްކަތް ކުރަން އުޅުއްވާ ބޭފުޅުން އެބޭފުޅުން ވާނީ ދަތުރުވެރިންނަށް،
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް