ޕީރިއަޑްގެ ލޭ އަވަސް އަވަހަށް ފެންނަނަމަ ދެމެދުގަ ހިފާ ރޯދަ ޞައްޙަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޕީރިއަޑްގެ ލޭ އަވަސް އަވަހަށް ފެންނަނަމަ ދެމެދުގަ ހިފާ ރޯދަ ޞައްޙަވާނެތަ؟

މިއީ ބައެއް އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް މިއީ ރޯދަހިފުމުގައި ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫނެވެ.  

ސުވާލު:. ރަމްޟާން މަހު ރޯދައަށް ހުއްޓާ ޕީރިއަޑްވެގެން ރަނގަޅުވެގެން އަނެއްކާ ދެތިން ހަތަރު ދުވަހު ރޯދަ ހިފިފަހުން އަނެއްކާ ލޭފެނުނީ އެގޮތަށް މެދުވެރިވާނަމަ އެދެމެދުގައި އެހިފި ރޯދަ ރަނގަޅުވާނެތޯ؟ 

ޖަވާބު:. އާދެ! ތީ ރަނގަޅުވެފައި ހުއްޓާ އަސްލު ހިފިރޯދަ ވެއްޖެއްޔާ މައްސަލައެއް ނުޖެހޭނެ، ރަނގަޅުވާނެ އިރާދުކުރެއްވިއްޔާ. އެހެނެއްނޫން ކޮންމެހެން ދެ ޕީރިއަޑް ދޭތެރޭގައި ވަކި މުއްދަތެއްވާކަށް ކޮންމެހެން ލާޒިމެއްނޫން، އެހެންވީމާ ޕީރިއަޑް ވެފައި ހުރި ދުވަސްވަރު ރޯދަ ދޫކޮށްލާފައި ޕީރިއަޑް ރަނގަޅުވީމައި ރޯދަ ހިފަމުން ދަނިކޮށް އަނެއްކާވެސް ޕީރިއްޑްވީ އެހެންވެއްޖެކަމަށް ވަނީނަމަ ރަނގަޅަށް ހުރި ދުވަސްވަރު އޭނާ ހިފިރޯދަތައްް އިރާދުކުރެއްވިއްޔާ ހަމަ އެއްވެސް މައްސަލައެއްނުޖެހޭނެ އަނެއްކާވެސް ފެންވަރައިގެން ނުވަތަ ޕީރިއަޑް ލޭ ކެނޑުނީމައި ދެން ރޯދަހިފަން ފަށާނީ. 


- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން