ކާފިރުންގެ ތެރެއިންވެސް ދިރާސާކޮށް ޙަޤީޤަތް އޮޅުންފިލުވާ އެންމެންވެސް އެއްވަނަދެނީ ރަސޫލް ޞޢޥ އަށް! އިތުރު ޞާޙިބާގެ ޝަޚްޞިއްޔަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކާފިރުންގެ ތެރެއިންވެސް ދިރާސާކޮށް ޙަޤީޤަތް އޮޅުންފިލުވާ އެންމެންވެސް އެއްވަނަދެނީ ރަސޫލް ޞޢޥ އަށް! އިތުރު ޞާޙިބާގެ ޝަޚްޞިއްޔަތަށް!

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް ﷲ ތަޢާލާއަށް އީމާންނުވި މީހުން އީމާންނުވާންވެގެން ދޮގުތައް ފެތުރިނަމަވެސް އިތުރު ޞާޙިބާގެ ޝަޚްޞިއްޔަތުން އެއްވެސް އުނިކަމެއް ދެއްކިފައެއް ނެތެވެ. "ދޮގުވެރިއެއް" ކަމަށް ބުނި މީހުންނަށް އެންމެ ދޮގެއްވެސް ދެއްކިފައެއް ނެތެވެ. ކުރެވޭ ހަމައެކަނި ކަމަކީ އެއަމުނާ ބަނދިވަރެއް އެމުނުމެވެ.  

އަދިވެސް ކީއްހެއްޔެވެ؟ އަމިއްލައެދުންފުޅު ކުރިއަށް ނެރުއްވަވައިގެން ކުރެއްވެވި އެންމެ ކަމެއްވެސް ދެއްކިފައެއް ނުވެއެވެ. އަދި މީސްތަކުންގެ ކިބައިން އަބަދުވެސް އެދިވަޑައިގަންނަވަމުން ގެންދެވީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާންވުމަށެވެ.  

ބުނެލަން މިއުޅެނީ ބައަކު ކޮށްފައިވާ ދިރާސާއެއްގެ ވާހަކައެވެ. އެދިރާސާކުރަން އެމީހުން ލިސްޓްކުރީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކެވެ. ދިރާސައި ސުވާލުކުރީ އެތަނުން އެމީހަކު އެންމެ ބޮޑަށް ފާހަގަކުރާ ސިފައަކީ ކޮބައިތޯއެވެ.

މިދިރާސާގައި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ދޮޅުމިލިއަނެއްހައި މީހުންނާއި ވަނީ ސުވާލުކޮށްފައެވެ. އެންމެންހެން ފާހަގަކޮށްފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަޢުދު ފުއްދުމެވެ. އިންޞާފުވެރިވުމެވެ.

ދިރާސާއަށްފަހު ދިރާސާކުރި މީހުން އެއްބަސްވި ގޮތުގައި ދުނިޔެ މިހައިތަނަށް ދެކެފައިވާ ވެރިންގެ ތެރެއިން މިސިފަތައް އެންމެ ބޮޑަށް ލިބިވަޑައިގެންފައިވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މިސާވޭއަށްފަހު ވަނީ ބޮޑު ފޮތެއްވެސް ނެރެފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން