ސަމާލުވަމާ!: ޝައިޠޯނާގެ ބައިވެރިންގެ ތެރެއިން ހިމެނޭކަމުގެ ދެ ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ސަމާލުވަމާ!: ޝައިޠޯނާގެ ބައިވެރިންގެ ތެރެއިން
ހިމެނޭކަމުގެ ދެ ސިފަ!

ޝައިޠާނާގެ ބައިވެރިންގެ ސިފަތަކުގެ ތެރެއިން

ދެސިފައެއް ބުނެލާނަމެވެ. އެއީ ދެ ނަމާދު އެއްކުރަން ބޭނުންވުމާއި ލަހުން ނިދަން ޝައްޤްވެރިވުމެވެ.  އެ ދެ ސިފަ ވާރުތަވަނީ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. ޝައިޠާނާ އެ މަސައްކަތް ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް ނަމާދެއް ކައްސުވައިލެވޭތޯއެވެ. ލަހުން ނިދަން ޝައުޤްވެރިކުރުވަނީ ފަތިސް ނަމާދަށް ހޭލިއަ ނުދިނުމަށެވެ. މިމަޅީގައި ގިނަ ބައަކު މިތިބީ ޖެހި ތާށިވެގެންނެވެ.

ދެ ނަމާދު އެއްކުރުވުމަށާ ލަހުން ނިންދަވަން ޝައިޠާނާ ވަރަށް ބޭނުންވާ ސަބަބުތައް:

ނަމާދު ވަގުތުތައް ފާއިތުވަމުންދާއިރު ދެ ނަމާދު އެއްކުރުވަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. މިސާލަކަށް މެންދުރު ނަމާދުކޮށްލާނީ ޢަޞްރު ވަގުތު ކައިރިވުމުން ދެމަނާމު އެކުގައި ކަމަށާއި މަޣްރިބް ނަމާދު ކޮށްލާނީ އިޝާ ނަމާދަށް ކުރިއާލައި ގޮސް ކަމަށް ވިސްނައިދޭނެއެވެ. އެމަޅީގައި ޖެހިއްޖެ މަދު މީހަކަށް ނޫނީ އޮންނާނީ މެންދުރުނަމާދާއި މަޣްރިބް ނަމާދު ނުކުރެވިފައެވެ.

އެންމެ ގިނަ ވަގުތު ލިބިގެންވާ ނަމާދަކީ އިޝާ ނަމާދުގެ ވަގުތެވެ. އިޝާ ނަމާދާއި ފަތިސް ނަމާދާއި ދެމެދަށް ބަލައިފިނަމަ އެއީ 9 ވަރަކަށް ގަޑިއިރެވެ. އެހެންކަމާއިއެކުވެސް ބަންގި ގޮވުމުން ޢިޝާ ނަމާދު ނުކޮށް ފަސްކުރާ ވެސް މަދު މީހަކަށް ނޫނީ ޢިޝާ ނަމާދެއް ނުކުރެވޭނެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން، ހަދާން ނެތިގެން، ނޫނީ ވަރުބަލިވެގެން ައޮންނާނީ ނިދިފައެވެ. 

މީސްތަކުންނޭވެ! މިފަދަ ކަންކަން އިޞްލާޙްކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ އެއްކަމަކީ އިބިލީސް މާތް ﷲގެ ކުރިފުޅުމަތީގައި ވެފައިވާ ހުވާ ހަނދާންކުރުން ކަމަށް ކުރީ ދުވަހެއްގެ ދަރުސްގައިވެސް ބުނީމެވެ. ހަމަ އެކަކުވެސް ސަލާމަތްވިއަ ނުދީ އެންމެން ނަރަކައަށް ގެންދަން އިބިލީސްކޮށްފައިވާ ހުވާގެމަތީން ހަނދާންކޮށް ދެނީއެވެ.

މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާށެވެ. ޝައިޠާނުންތައް އިންސާނުން މަގުފުރެއްދުމަށްޓަކައި މުޢާމަލާތުކުރާނީ އެމީހާގެ ފެންވަރަށާއި ބަލި ފައަށް ބަލައިގެންނެވެ. އެމީހާ ދިރިއުޅޭ ގޮތަށާއި ކަންކަން ކުރާ ގޮތަށް ބަލައިގެންނެވެ.

 މިސާލަކަށް ލަހުން ނިދާ މީހަކު އަވަހަށް ނިދަން

އުޅެފިނަމަ އެކަމުގެ ތެރެއަށް ވަދެގަންނާނެއެވެ. ނިދަން އަދި މާ އަވަސްކަމަށްވެސް ބުނާނެއެވެ. ނިދިއަ ނުދޭން ވެސް މަސައްކަތްކުރާނެއެވެ. އެއީ ފަތިސް ނަމާދަށް ހޭލިއަ ނުދޭންވެގެންނެވެ. 

ތަންކޮޅެއް ބޮޑަށް ތަންދޮރު އެނގޭ މީހުންނާއި މުޢާމަލާތުކުރާ ގޮތް ތަފާތުވާނެއެވެ. ފުރަތަމަ ބުނާނީ "އާނ މިއީ މާތްﷲ ނަހީ ކުރެއްވެވި ކަމެއް" ކަމަށެވެ. އެއަށްފަހު ބުނާނީ "އާނ! އެހެންވިއަސް މިފަހަރު ކޮށްލާނީއެވެ! މާތްﷲ އީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހައި ކުދިކުދި ކަންތައްތަކަށް މަޢާފްކުރައްވަވާނެވެ!" މިފަދަ ވިސްނުންތައް ސިކުނޑިަށް ވައްދައިގެން ނުބައި އަަލުތައް ކުރަން ދެވި ހިފަންދެން ހިއްވަރުދޭނެއެވެ. 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ މަޤްބޫލު ސަބަބެއް ނެތިވެސް ދެ ނަމާދު އެއްކުރަން ބޭނުންވާ ބައެކެވެ. މިސާލަކަށް ޢަޞްރު ވަގުތު ކައިރިވުމުން މިސްކިތަށް ގޮސް މެންދުރު ނަމާދާއި ޢަޞްރު ނަމާދުކުރަން ބޭނުންވާ މީހުން އުޅެއެވެ. މިފަދަ މީހުންނަށް ގިނަ ފަހަރު އޮންނާނީ މެންދުރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދު ނުކުރެވިފައެވެ. ލަސްކުރަމުން ލަސްކުރަމުން ގޮސް ވަގުތުކޮޅު ހުސްވަނީ އެވެ. ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު އެއްކުރަން އުޅޭ މީހުންނަށްވެސް އަދި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އެއްކުރަން އުޅޭ މީހުންނަށްވެސް މިފަދަ ގޮތްތައް ކުރިމަތިވެއެވެ. ވީމާ މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ.

-- ލަވް އިސްލާމްގެ ދަރުސަކުން

 

މިއަދު އޮންލައިން