ހަމައެކަނި ޚަތިމްކުރުމަކުން ނުފުދޭނެ! އެތައްފަހަރަކު ޚަތިމްކުރެވޭއިރު އެޚާޒާނާއިން ތިމާއަށް ޙާޞިލުކުރެވެނީ ކޮންކަމެއްކަމާއިމެދު އެބަވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ހަމައެކަނި ޚަތިމްކުރުމަކުން ނުފުދޭނެ!
އެތައްފަހަރަކު ޚަތިމްކުރެވޭއިރު އެޚާޒާނާއިން ތިމާއަށް ޙާޞިލުކުރެވެނީ
ކޮންކަމެއްކަމާއިމެދު އެބަވިސްނާލަމުތަ؟

ކީރިތި ޤުރްއާން ކިޔަވާތާ އެތައް އަހަރެއްވާއިރު، އެތައް

ފަހަރަކު ޚަތިމްކުރެވޭއިރު އިތުރަށް ދަސްވީ ކޮންކަމެއް ހެއްޔެވެ؟ ކިޔެވުން ގިނަކުރިވަރަކަށް އެއްވެސް ފައިޑާއެއް ކުރޭ ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް ނާލަންޖެހޭނެ ކަންކަމެވެ.  

ކީރިތި ޤްރްއާން ކިޔެވި ނަމަވެސް އެއިން ލިބޭ ޢިބްރަތްތަކާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ކީރިތި ޤްރައާނަށް ބަލައިފިނަމަ އެނގިގެންދާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ލިބިގެންދާ ވަރަށް ގިނަ ފިލާވަޅުތައްވެސް އެބަހުއްޓެވެ.  ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާއި ނުބައިކޮށް ދުނިޔޭގައި އުޅުނު މީހުންގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ.

މިސާލަކަށް އަނިޔާވެރި ބައްޕައަކާއި ޙައްޤުމަގުގައި ހުންނެވި ދަރިކަލެއްގެ ވާހަކަ އިބްރާހީމްގެފާނާއި ބެހޭ ވާހަކަތަކުން އެނގިގެންދާނެއެވެ. އަނިޔާވެރި ވެރިއަކާއި ހަޢްޤުމަގުގައި ހުންނެވި ބޭކަލެއްގެ ވާހަކަ މޫސާގެފާނާއި ފިރުޢައުނުގެ ވާހަކަތަކުން އެނގިގެންދާނެއެވެ. ބޭބެއިންގެ އަނިޔާވެރިކަމާއި ކޮއްކޮއެއްގެ ހިތްހެޔޮކަމާއި ދީލަތިކަމާއި މަޢާފްކުރުމުގެ ވާހަކަ ޔޫސުފްގެފާނުގެ ވާހަތަކުން އެނގިގެންދާނެއެވެ.

 ހަމައެއާއިއެކު ދުނިޔޭގައި އަނިޔާ ލިބެނީ

ހަމައެކަނި ކުށްވެރިންނަށް ނޫން ކަމާއި އަދަބު ލިބުމުގައި އިމްތިޙާން ކުރެއްވެވުން ހިމެނޭކަންވެސް ޔޫސުފްގެފާނުގެ ވާހަކައިން އެނގިގެންދާނެއެވެ. އަނިޔާވެރި ވެރިއެއްގެ ސަބަބުން އަނިޔާ ލިބުނު ނަމަވެސް އަދި ޖައްބާރު ފިރިއެއްގެ ސަބަބުން އަނިޔާ ލިބުނު ނަމަވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމުން ދެއްވަވާ ނިޢްމަތުގެ ވާހަކަތައް ފިރިއައުނުގެ އަނބި އާސިޔާގެ ވާހަކައިން އެނގިގެންދާނެއެވެ. މުޞީބާތްތަކަށް ކެތް ކުރުމުގެ މަތިވެރިކަން ފަދަ އެތައް ފިލާވަޅުތަކެއް މޫސާގެފާނުގެ ވާހަކަތަކުން ލިބިގެންދާނެއެވެ.

މިފަދަ އަގުހުރި އެތައް ފިލާވަޅުތަކެއް ކީރިތި ޤްރްއާނުގައި ހިމެނިގެންވެއެވެ. ނަމަވެސް މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ ކީރިތި ޤްރްއާން ކިޔަވައި އެއިގެ މާނަ ހިތަށް ގެނެވޭވަރު ކުޑަވުމެވެ. ނުވަތަ އެކަމަށް ސަމާލުކަން ނުދެވުމެވެ.

ރަސޫލް (ﷺ) އަށް މުޞީބާތެއް ކުރިމަތިވެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަމަކުން ވަގުތުން ރަސޫލް (ﷺ) ސަލާމަތްކޮށްދެއްވެވީއެއް ނޫނެވެ. ކުރީގެ ރަސޫލް ބޭކަލުންނަށް ކުރިމަތިވެވަޑައިގެންނެވި ކަންކަމުގެ ވާހަކަތައް ބަޔާންކޮށް ދެއްވަވައި ފިލާވަޅުތައް ދެއްވެވީއެވެ. އިސްލާމީ އުންމަތަށް ލިބުނު ހުރިހާ ކުރިއެރުންތަކެއްގެ މައިގަނޑު ސަބަބަކީ މުސްލިމުން އެ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމެވެ.

ފަރިއްކުޅުއްވަވާނެ އެއްޗެއް ނެތި، ހައިހޫނުކަން ބޮޑުވެ ކެތް ނުކުރެއްވެވޭވަރުވުމުން ބަނޑުފުޅުގައި ހިލަ ބަންނަވައިގެން ތިއްބެވިއިރުވެސް، ﷲ ތަޢާލާއަށް އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. މޫސާގެފާނުގެ އުންމަތުގެ މީހުންނަށް އުޑުން ރިޒްޤް ފޮނުއްވެވުމުން ދެން އެދުނީ އެއަށްވުރެ މީރު އެއްޗަކަށެވެ.

ވީމާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކުރަން އޮތް އެންމެ މުހިންމު ވަސިއްޔަތަކީ ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވައި މާނަ އުނގެނުމެވެ. އެއިން ލިބޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ. އެއިރުން ހުރިހާ ކަންބޮޑުވުންތަކެއްވެސް ފިލައިގެންދާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން