ބައިވެރިޔާ ޙިމާޔަތްނުކުރުމާ ވަފާތެރިނުވުމަކީ ކައިވެނީގެ ބަރަކާތް ކެނޑި އުފާވެރިކަން ގެއްލޭ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބައިވެރިޔާ ޙިމާޔަތްނުކުރުމާ ވަފާތެރިނުވުމަކީ ކައިވެނީގެ ބަރަކާތް ކެނޑި އުފާވެރިކަން ގެއްލޭ  ސަބަބެއް!

ގިނަ ބައަކު ކުރާ ސުވާލެކެވެ! ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވަމުއެވެ. އެކަމަކު ކައިވެނިން އުފާވެރިކަން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލަށް ވަރަށް ކުރުކޮށް ޖަވާބެއް ދޭނަމެވެ.

ފުރަތަމަ ކަމަކީ އެކަކު އަނެކަކު ޙިމާޔަތްކުރަންޖެހޭ ކަމެވެ. ޙިމާޔަތްކުރުމުގެ ތެރޭގައި އަނެކާގެ ސިއްރުތައް ހިފެހެއްޓުން ހިމެނެއެވެ. އަނެކާގެ ބަލިކަށިކަންވެސް ހިމެނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ އާދައިގެ މައްސަލަތައްވެސް ހިމެނެއެވެ. މިފަދަ ވާހަކަތައް މީހުންނަށް ޙިއްޞާކުރެވޭނަމަ އެއޮތީ އަނެކާއަށް ޙިމާޔަތް ނުދެވިފައެވެ.  

ދެވަނަ ކަމަކީ ވަފާތެރިވުމެވެ. ވަފާތެރިވުމަކީ ކައިވެނި ހިފަހައްޓައިދޭ ތަނބެވެ. އެތަނބުގައި ރެދެއްލައިފިނަމަ ޒަވާޖީ ޙަޔާތުގައި ރެނދު ނުލައެއް ނުދާނެއެވެ. އެރެނދުގެ ސަބަބުން ޒަވާޖީ ޙަޔާތް ބަލިކަށިވެގެންދާނެއެވެ.  

ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ނަމަވެސް މިބުނި މަގުން އަނެކާ ޙިމާޔަތެއް ނުކުރެއެވެ. އަދި ބޭވަފާތެރިވެސްވަނީއެވެ. އެހެންވެއްޖެނަމަ ލޯބިއެވެވެނީ ހަމައެކަނި ނަމެއްގައެވެ. އެއީ ޙަޤީޤީ ލޯތްބެއް ނޫނެވެ. ޙަޤީޤީ ލޯބިވާނަމަ މިބުނި ދެކަންތަކަށް ސަމާލުކަންދޭނެއެވެ.  

ޙަޤީޤީ ލޯބިނުވާނަމަ ކައިވެނީގެ ބަރަކާތް ކެނޑިގެންދާނެއެވެ. އެއިރުން އުފާވެރިކަމެއް ނުލިބޭނެއެވެ. ވީމާ ލޯބިވާއިރުވެސް އުފާވެރިކަން ނުލިބޭނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. އެއިރުން އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރުވެރިއެއްގެ ވާހަކަފުޅަކުން 

- މިއަދުނޫސް

މިއަދު އޮންލައިން