ބަލަންވީ ކައިވެނި ކުރެވޭ މީހާގެ ކަންކަން އެކަންޏެއް ނޫން! އޭނާގެ މައިންބަފައިންނާ ޢާއިލާގެ ކަންކަންވެސް ނުބަލައި ކައިވެނިކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބަލަންވީ ކައިވެނި ކުރެވޭ މީހާގެ ކަންކަން
އެކަންޏެއް ނޫން! އޭނާގެ މައިންބަފައިންނާ ޢާއިލާގެ ކަންކަންވެސް ނުބަލައި
ކައިވެނިކުރަން ހެޔޮނުވާނެ!

 

ކައުންސިލިންގ ހޯދަން އައި ޒުވާން ދެމަފިރިއެކެވެ.

ކައިވެންޏަށްފަހު ޢާންމުކޮށް އުޅެނީވެސް ވަރަށް ރަނގަޅަށެވެ. ބޭވަފާތެރިއެއް ނުވެއެވެ. އަނބިމީހާއާއިމެދު ކަންކަން ކުރަނީވެސް ރަނގަޅަށެވެ. ޚަރަދުވެސް ކުރެއެވެ.

އެހެންކަމާއިއެކުވެސް ބޮޑު މައްސަލައެއް އޮވެއެވެ. ކުދިކުދި ކަންކަން މެދުވެރިވުމުން އެކަން ނުބުނެހުރެ އެއްކޮށް ޖަމާކުރަނީއެވެ. ހިތްފުރޭވަރަށް ޖަމާކުރެވުމުން ހުރިހާކަމެއް ބުރުއްސައިލަނީ އެކުއެކުގައެވެ. އެފަހަރު ފުރާޅު ބޮލަށްވެއްޓޭވަރުކުރެއެވެ.  

ދެތިން ސެޝަން ބޭއްވިފަހުންވެސް ކަމުގެ އަޞްލު ނުހޯދިގެން އަމިއްލައަށް ޢޭނާގެ މައިންފައިންނާއި ބައްދަލުކުރީމެވެ. ބައްދަލުކުރުމުން އެނގުނީ މިއީ ބައްޕަގެ ކިބައިން ވާރުތަޗެފައިހުރިކަމެއް ކަމެވެ. ކުޑައިރުންސުރެ ލޮލަށް ފެންނަމުން އަންނަ ކަމެއްކަމެވެ.  

އެކަމުން އޭނާ ސަލާމަތްކުރެވުނީ ދެތިން މަސްދުވަހުގެ މަސައްކަތުންނެވެ. މިފަދަ އެތައް ޙާދިސާއެއް ކިޔައިދެވިދާނެއެވެ. ވީމާ އަހުރެން ބުނާނީ ކައިވެނިކުރަން ނިންމުމުގެ ކުރިން ބަލަންވީ ހަމައެކަނި ލޯބިވެރިޔާގެ ކަންކަން ނޫންކަމަށެވެ. އޭނާގެ ޢާއިލާގެ ކަންކަންވެސް ބަލަންޖެހޭ ކަމަށެވެ.  

މީގެމާނައަކީ އޭނާއާއި ކައިވެނިނުކުރުމެއް ނޫނެވެ. ކައިވެނިކުރުމުގެ ކުރިން މިބާވަތުގެ ކަންކަމަށް ދެމީހުން ވާހަކަދައްކައިގެން ޙައްލުހޯދޭނެއެވެ. މިއީ އެކަކު ސަމާލުދީގެން ފުދެން އޮތްކަމެއް ނޫނެވެ. ދެމީހުންވެސް ކުރަންޖެހޭ ކަމެކެވެ. ނޫންނަމަ މިބާވަތުގެ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ.  

ދެޢާއިލާއެއްގެ ކަންކަން އެއްގޮތްވުމަކީ ދުރުކަމެކެވެ. ވީމާ މައްސަލަތައް ތަފާތުވާނެއެވެ. މިބުނި މަގުން މަޗްވަޜާކުރުމުން ޙައްލުވެސް ކުރެވޭނެއެވެ. އިން ޝާ ﷲ  

ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން