ޣީބަ ބުނުން މިއަދު މިވަނީ ޢާންމުވެ ފެތުރިފައެވެ.
ގިނަ ބައަކަށް އެމީހުންނަށް ފައިޑާހުރި ވާހަކަތަކަށްވުރެ ގިނައިން ދެއްކެނީ ޣީބަބުނުން ކަމަށްވެގެންދާ ވާހަކަތަކެވެ. އެހެންކަމުން އިތުރަށް ވިސްނައިލުން ކީއްތޯއެވެ؟
عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ: (يَا نَبِيَّ اللَّهِ، وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْكَ أُمُّكَ، وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ -أَوْ عَلَى مَنَاخِرِهِمْ- إِلَّا حَصَائِدُ أَلْسِنَتِهِمْ؟))
[رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ]
މާތް ﷲ ރުއްސުންލެއްވި މުޢާޒުގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ތިމަންމެން ދުލުން ބުނެއުޅޭ ބަސްތަކަކީ އެއާމެދު ސުވާލުވެވޭނޭ ކަމެއްތޯއެވެ؟" އެހިނދު ޙަދީޘް ކުރެއްވިއެވެ. "ކަލޭގެފާނު ހާދަހާ ނުވިސްނަމުތާއެވެ! މީސްތަކުން މޫނުވަތަށް (ދަމާ ގެންގޮސް) ނަރަކައަށް އެއްލައިލެއްވެނީ، އެބައިމީހުންގެ ދޫތަކުން ހޯދައިގެން ކަންތައް ފިޔަވައި އެހެން ކޮންކަމާހުރެ ހެއްޔެވެ؟" (ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޒީއެވެ.)
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން: