ބޮޑެތި ޢަލާމާތްތައް ޙަދީޘުން!: ޤިޔާމަތްވުމުގެ ކުރިން ފެންނާނެ ބޮޑެތި ޢަލާމާތްތައް އަދި ނުފެނުމަކީ ތިމާއަށް ކޮންމެވަޤުތަކުވެސް ޤިޔާމަތްވެދާނެކަމަށް ބިރުކުޑަކުރަން އޮތް ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ބޮޑެތި ޢަލާމާތްތައް ޙަދީޘުން!: ޤިޔާމަތްވުމުގެ ކުރިން ފެންނާނެ ބޮޑެތި ޢަލާމާތްތައް އަދި ނުފެނުމަކީ ތިމާއަށް ކޮންމެވަޤުތަކުވެސް ޤިޔާމަތްވެދާނެކަމަށް ބިރުކުޑަކުރަން އޮތް ސަބަބެއް ނޫން!

ބައެއް މީހުން ސުވާލުކުރެއެވެ.

ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން ފެންނާނީ ކޮން ޤައުމަކުން ހެއްޔެވެ؟ ރަންފަރުބަދަ ފެންނާނީ ފުރާތުކޯރުން ހެއްޔެވެ؟ އަހުރެން ބުނަމެވެ. ޤިޔާމަތްވުމުގެ ޢަލާމާތްތަކާއިބެހޭ ގޮތުން ޞަޙީޙް ޙަދީޘްފުޅުތަކުން އެނގެން ނެތްކަންކަން އޮޅުންފިލުވަން އުޅުމުގެ ބޭނުމެއް ނެތެވެ. އަހުރެމެންނަށް އެންމެ މުހިންމީ ކޮންމެ ވަޤުތަކުވެސް ތިމާއަށް ޤިޔާމަތްވެދާނެކަމަށް ބިރުގަތުމެވެ. މިބުނަނީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ބިރުވެތިވެ މަރަށް ތައްޔާރުވެގެން ހުރުމުގެ ވާހަކައެވެ.  

ޤިޔާމަތްވުމުގެ ކުރިން ފައުޅުކުރައްވަވާނެ ބޮޑެތި ޢަލާމާތްތައް ޙަދީޘުން:  

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

قال إنها لن تَقومَ حتى ترَوا قبلَها عشْرَ آياتٍ فذَكَر الدُّخانَ والدجَّالَ والدابَّةَ وطُلوعَ الشمسِ من مَغرِبِها ونُزولَ عيسى ابنِ مريمَ صلَّى اللهُ عليه وآلِه وسلَّم ويَأجوجَ ومَأجوجَ وثلاثَ خُسوفٍ خَسفٌ بالمَشرِقِ وخَسفٌ بالمَغرِبِ وخَسفٌ بجزيرةِ العربِ وآخِرُ ذلك نارٌ تَخرُجُ من اليمَنِ تَطرُدُ الناسَ إلى مَحشَرِهم 

މާނައީ: ހަމަ ކަށަވަރުން ދިހަ ޢަލާމާތެއް ފެނިއްޖެއުމަށް ދާންދެން ޤިޔާމަތެއް ނުވާނެއެވެ. ދެން އެކަލޭގެފާނު  ބަޔާންކޮށްދެއްވަނީ އެއީ ބޮޑު ދުންގަނޑަކާއި، ދާއްޖާލު ފާޅުވުމާއި، ދާއްބައެއް ފާޅުވުމާއި، ހުޅަނގު ފަރާތުން އިރުއެރުމާއި، މަރްޔަމް ޢަލައިހިއްސަލާމް ގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ ބިމަށް ފައިބާ ވަޑައިގަތުމާއި، ޔައުޖޫޖު މައުޖޫޖު ބައިގާގެ މީހުން ނުކުތުމާއި، ބިން ގަނބަވައިގަތުން އައުމެވެ. އަދި އެއީ އިރުމަތީ ފަރާތާއި، ހުޅަނގު ފަރާތާއި، ޢަރަބި ކަރައަށް މެދުވެރިވާ ގަންބަވައިގަތުމެވެ. އޭގެ އެންމެ ފަހުން ޔަމަނުކަރައިން ނުކުންނަ އަލިފާންގަނޑެކެވެ. އެއަލިފާންގަނޑު އެންމެހާ މީސްތަކުން އެބައިމީހުން މަޙްޝަރު ކުރެވޭ ތަނަށް ފައްސަމުން ގެންދާނެއެވެ.

މިއަދު އޮންލައިން