ވާހަކައަށް ފެށުމުގެ ކުރިން ބުނެލާނަމެވެ.
މިވާހަކައިގެ ދެފަރާތަށް ވިސްނާށެވެ. އެއްފަރާތަކީ ތަނަވަސް މީހަކާއި ކައިވެނިކުރެވުމުން އެހިސާބުން ތިމާގެ ސައިޒު އޮޅުމެވެ. ތިމާގެ މަސްއޫލިއްޔަތުތައް ހަނދާން ނައްތައިލެވުމެވެ. ދެވަނައީ އެއިގެ އަނެއްކޮޅެވެ. އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ފަރުވާތެރިވެ ޒިންމާދާރުވުމެވެ.
އޭނާ އެގޭގައި މަސައްކަތްކުރެވުނީ ދެމަފިރިންގެ ކައިވެންޏަށް 5 ވަނައަހަރުއެވެ. މަސައްކަތްކުރަން ފެށީންސުރެ އޭނާކުރަންޖެހޭ މަސައްކަތްތައް ކުރަނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އެއްވެސް ކަމެއްގައި އިހުމާލުނުވަން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.
ފިރިމީހާގެ މަންމަ އެގެއަށް ޒިޔާރަތްކުރަނީ މަހަކު އެއްފަހަރު ނުވަތަ ދެމަހުން އެއްމަހުއެވެ. މަންމަ އާއި ބައްދަލުވި ފުރތަމަ ފަހަރުވެސް ސަމާލުކަންދީގެން މަންމަ ބޭނުންވާ ކަންކަން އޮޅުންފިލުވިއެވެ. މަންމައަށް މީރު ކާތަކެތި އޮޅުންފިލުވިއެވެ. އެއިގެފަހުން އެއިން އެއްޗަކަށް ބޭނުންވެގެން އިތުރަށް އެދޭކަށް ނުޖެހެއެވެ.
އެއިގެ އިތުރުން ގޭގައި މަސައްކަތްކުރަން ފެށުމާއިއެކު ޞާޙިބް މީހާ ބޭނުންވާ ކަންކަންވެސް އޮޅުންފިލުވިއެވެ. ކާންބޭނުންވާ ތަކެތިވެސް އޮޅުންފިލުވިއެވެ. ޚިދުމަތްދެމުން ގެންދިއައީ ތަކުރާރުކޮށް ބުނަން ނުޖެހޭނެ ގޮތަށެވެ.
މިކަންކަން ފިރިމީހާއަށް ވިސްނެން ފެށިއެވެ. ކައިވެނީގައި 5 އަހަރު ވޭތިވެގެންދިއައިރު އަނބިމީހާގެ ކިބައިން ލިބެމުން އައި ޚިދުމަތްތަކަށާއި އޭނާ އާއި އޭނާގެ މަންމައަށް ބަހައްޓާ ސަމާލުކަމާއިމެދު ވިސްނަން ފެށިއެވެ. ސުމަކާއި ސަތޭކައާއި ދެމެދުގެ ތަފާތުހުރިކަން އިޙްޞާޞްކުރެވެން ފެށިއެވެ.
ނަތީޖާޢަކަށްވީ އަނބިމީހާއާއި ވަކިވެ ނޯކަރު އަންހެންކުއްޖާއާއި ކައިވެނިކުރުމެވެ. ވަކިވަމުން އަނބިމިހާއަށް ބުނީ ތިބާގެ ރީތިކަމުން އަހުރެންނަށް ލިބޭ ހިތްހަމަޖެހުމަށްވުރެ ނޯކަރު ކޮށްދޭ ޚިދުމަތުން ލިބޭ ހިތްހަމަޖެހުން މާބޮޑު ކަމަށެވެ. ބަލަން ބޭނުންވަނީ ރީތިފޮޓޯއެއް ނޫންކަމަށާއި ލިބެން ބޭނުންވަނީ ޚިދުމަތް ކަމަށެވެ.
މިވާހަކަކޮޅު ކިތަންމެ ކުރުނަމަވެސް މިއީ ކޮންމެ އަންހެނަކަށްވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ. ގިނަ ފިރިހެނުންނަކީ އަނބިމީހާގެ ރީތިކަމަށް އެކަނި ވިސްނައިގެން ތިބޭނެ ބައެއްނޫނެވެ. ގިނަ ފިރިހެނުން ބޭނުންވާނީ އެމީހުން ބޭނުންވާ ފެންވަރުގައި ޚިދުމަތް ލިބުމެވެ. އެކަންކަމަށް ނުވިސްނައިފިނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގައެވެ.
- ލީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް