ﷲ ތަޢާލާގެ އަމުރުފުޅެއް ހަނދާންކޮށްދޭ މީހާއަށް ނުރުހި ބަސްބުނުމަކީ ނުކިޔަމަންތެރިކަމުގެ އެންމެ މަތީ ދަރަޖައިގަ ހިމެނޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ﷲ ތަޢާލާގެ އަމުރުފުޅެއް ހަނދާންކޮށްދޭ މީހާއަށް ނުރުހި ބަސްބުނުމަކީ ނުކިޔަމަންތެރިކަމުގެ އެންމެ މަތީ ދަރަޖައިގަ ހިމެނޭ ކަމެއް!

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންނަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން ބުނުމުން ރުޅިއައިސް ދެކޮޅުވެރި ބަސްބުނާ ބައެއްކެވެ. ގިނަ ފަހަރަށް އެބާވަތުގެ ބަސްތައް ބުނެވެނީ އެކަމުގެ ޙުކުމް އޮތްގޮތް ނުއެނގޭތީއެވެ.  

އަޢުރަ ނިވާކުރުމުގައި މިންގަނޑަކީ މިވެނި އެވެނި މީހަކު ބުނާ ބަހެއް ނޫނެވެ. މިވެނިއެވެނި ބައަކު ފޭރާންލާ ގޮތެއްވެސް ނޫނެވެ. ނިވާކުރަންޖެހޭ މިންގަނޑަކީ ޤުރްއާނުގައި އަންގަވާފައިވާ މިންގަނޑެވެ.  

މިސާލަކަށް ތިބާ ފޭރާން ލައިގެންހުރީ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވާގޮތަށް ނޫންކަމަށްވާނަމަ މީހަކު އައިސް ތިބާ ގާތުގައި އެކަން ރަނގަޅުކުރަން ބުނެފާނެއެވެ. އެޙާލަތުގައި ބައެއް މީހުން "ކަލޭތީ ތިއަވާހަކަ ބުނަން ކާކުތޯ؟" އެބަ ސުވާލުކުރެއެވެ.  

މިބުނަނީ ކަން އޮތް ގޮތަށެވެ. އެފަދަ ބަހެއް ބުނީ ކޮންމެ މީހަކު ނަމަވެސް އެމީހަކާއި ދެކޮޅަށް ހަމައެންމެ ބަހެއްވެސް ބުނެގެން ނުވާނެއެވެ. އެހެނީ އެމީހަކީ ކުރިން ކޮންމެ ގޮތަކަށް އުޅެފައި ހުރި މީހަކުނަމަވެސް އެމީހަކު އެބަނީ ޙައްޤު ބަހެވެ. އެމީހާ އެއަދާކުރަނީ އެމީހާ އާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. ﷲ ތަޢާލާގެ އަމުރުފުޅެއް ހަނދާންކޮށްދޭ މީހާއަށް ނުރުހި ބަސްބުނުމަކީ ނުކިޔަމަންތެރިކަމުގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ކަމެކެވެ!    

ހެޔޮ ޢަމަލުތައް ކުރަން އެކަކު އަނެކަކަށް ހަނދާންކޮށްދިނުމުގެ ހުރި މަތިވެރިކަން ނިކަން ވިސްނައިލަބަލާށެވެ. އެމީހުންނަކަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހުންނަށް އަންގަވާނެތެވެ. ނަމަވެސް މި ނިޢްމަތް ދެއްވަވާނީ އެހެން މީހުންނަށް ހަނދާންކޮށްދިނުމާއިއެކު އެމީހަކުވެސް ޢަމަލުކޮށްފައިވާނަމައެވެ. އެކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.  

ހަމައެކަނި އަޢުރަ ނިވާކުރުމެއް ނޫނެވެ. ކޮންމެ ހެޔޮ ޢަމަލެއް ކުރަން ނަމަވެސް މީހަކު ހަނދާންކޮށްދީފިނަމަ އޮތީ ދެކޮޅުވެރިވުމެއް ނޫނެވެ. އެކަން ބަލައިގަނެ ޝުކުރުވެރިވުމެވެ. އެހެނީ އެމީހަކީ ތިބާ ދެކެ އެންމެ ލޯބިވާ މީހާއެވެ. އެމީހާ އެމަސައްކަތްކުރަނީ ތިބާ ނަރަކައިން ސަލާމަތްކޮށް ސުވަރުގެ ހޯދައިދޭށެވެ. އެފަދަ މީހުންނަކީ އެންމެ މަތީދަރަޖައިގައި ތިބާދެކެ ލޯބިވާ މީހުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން