ހަކުރުބައްޔާ ކެންސަރުގެ އިތުރުން ހިކެން ނުވަތަ ބަނޑުހިންދަން ބޭނުންވެގެން ކަސްރަތުކުރާނަމަ އެކަމަށް އެންމެ ރަނގަޅީ ރޭގަނޑުގެ ވަޤުތު: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަކުރުބައްޔާ ކެންސަރުގެ އިތުރުން ހިކެން ނުވަތަ
ބަނޑުހިންދަން ބޭނުންވެގެން ކަސްރަތުކުރާނަމަ އެކަމަށް އެންމެ ރަނގަޅީ ރޭގަނޑުގެ
ވަޤުތު: ދިރާސާ

 

އެކި މީހުން ކަސްރަތުކުރަނީ އެކި ބޭނުމަށެވެ.

ކޮލޮސްޓްރޯލުން ސަލާމަތްވެ ހިތަށް ދުޅަހެޔޮކަން ގެނެސްދިނުމަށް އެއްބައަކު ކަސްރަތުކުރާއިރު އަނެއްބައަކު ކަސްރަތުކުރަނީ ބަރުދަން އެއް މިނެއްގައި ހިފެހެއްޓުމަށެވެ. މިހެންގޮސް ތަފާތު ބޭނުންތަކަށް ކަސްރަތުކުރެއެވެ.

 ފަލަވުމުން ހިކުމަށާއި ބަނޑުހިންދަން ބޭނުންވާ

މީހުންވެސް ކަސްރަތުއކުރެއެވެ. އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީން ހާމަކުރި ދިރާސާއެއްގައި ބުނެފައިވަނީ އެމީހުންނަށް ކަސްރަތުތައް ކުރަން އެންމެ ރަނގަޅުވަޤުތަކީ ރޭގަނޑުގެ ވަޤުތުތައް ކަމަށެވެ.

ދިރާސާގައި ބުނެފައިވަނީ ހަވީރު 6 ޖެހުމުގެ ފަހުން ކަސްރަތުކުރުމުން އެމީހުންނަށް ކުރާ ފައިދާ ބޮޑުކަމަށް ބެލެވޭކަމަށެވެ. ޚާއްޞަކޮށް ހަކުރުބަލި ކެންސަރު ހުންނަ މީހުންނަށް ބޮޑަށް ފައިދާކުރަނީ ހަވީރު 6 ގެފަހުން ކަސްރަތުމުން ކަމަށާއި އެއިރުން ރިސްކް ކުޑަވާ ކަމަށް ބެލެވޭ ކަމަށެވެ.  

ދިރާސާތަކުން އެނގުނު ގޮތުގައި އެއިރުން ހަށިގަނޑުން ހަކުރުގެ ލެވެލް މަދުވާ މިންވަރު ކޮންޓްރޯލްވުމަށް އިތުރަށް އެހީތެރިވެދެއެވެ. ވީމާ ހަކުރު ދަށްވެގެން ކުރިމަތިވާ ރިސްކްތައް ކުޑަވެގެންދެއެވެ.

މިބާވަތުގެ ކަންކަމުގައި އެންމެ ރަނގަޅުގޮތަކީ ފަރުވާދޭ ޑޮކްޓަރުންނާއި މަޝްވަރާކޮށް ޑޮކްޓަރުންގެ ލަފާގެމަތިން ކަންކަން ކުރުމެވެ. ކޮންމެ ދިރާސާއަކީ ކޮންމެ މީހަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެކަމަށްޓަކައެވެ.

ކަސްރަތުކުރިނަމަވެސް އެހެން ކަމެއް ކުރިނަމަވެސް މުސްލިމުން ކޮންމެ ކަމެއްވެސް ކުރަންވާނީ ނަމާދުތަކަށް ރައްކާތެރިވެވޭ ގޮތަށެވެ. ވީމާ އިރުއޮއްސޭއިރު ނުވަތަ އިރުއޮއްސޭފަހުން ކަސްރަތުކުރާނަމަވެސް މަޣްރިބްނަމާދާއި ޢިޝާނަމާދުގެ ޖަމާއަތް ނުގެއްލޭނެ ގޮތަށް ކަންކަން ކުރަން އިސްކަންދޭންވާނެއެވެ.  

--މިއަދުނޫސް

 

މިއަދު އޮންލައިން