ދަރުސްތައް އަޑުއެހުން ފަދަ ކަންކަމަށް ގިނަ ބައަކަށް ފަރުވާކުޑަކުރެވެނީ ބައިވެރިވުމުން މިބޮޑު. މަތިވެރި ނިޢުމްތަ ލިބޭކަން ނުވިސްނޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ދަރުސްތައް އަޑުއެހުން ފަދަ ކަންކަމަށް ގިނަ ބައަކަށް ފަރުވާކުޑަކުރެވެނީ ބައިވެރިވުމުން މިބޮޑު. މަތިވެރި ނިޢުމްތަ ލިބޭކަން ނުވިސްނޭތީ!

އަދި މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން އިމާމް މުސްލިމު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގައި ވެއެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. { ރައްކައުތެރި ކުރައްވާ މަލާއިކަތުން ފިޔަވައި، ﷲ ތަޢާލާގެ މަލާއިކަތުންގެ ތެރޭގައި، އެކަލާނގެ ހަނދުމަކުރުމުގެ މަޖިލީސްތައް ހޯއްދެވުމަށް ދަތުރުކުރައްވާ މަލާއިކަތުން ވެއެވެ. ފަހެ، އެބޭކަލުންނަށް އެ މަޖިލީހެއްގައި ﷲ ހަނދުމަކުރެވޭ މަޖިލީހެއެއް ފެނިލައްވައިފިނަމަ، އެބަޔަކާ އެކުގައި އެބޭކަލުންވެސް އިށިއިންނަވައެވެ. ފަހެ،

( އޯގާވެރިވެލެއްވުމުގެ ގޮތުން ) އެބައުމީހުންގެ މައްޗަށް އެބޭކަލުންގެ ފިޔަފުޅުތައް ފަތުރުއްވައި، އުޑާއި ބިމާ ދެމެދު ފުރުއްވައިލައްވައެވެ.

ފަހެ، އެ މަޖިލީސް ނިމިއްޖެނަމަ، އެބޭކަލުން މައްޗަށް އަރާވަޑައިގަނެއެވެ. އަދި އުޑަށް އެފުއްލެވި ދެއެވެ. ފަހެ، އެކަލާނގެ އެއުރެންނަށް ވުރެ މޮޅަށް ދެނެވޮޑިގެންވުމާއި އެކު މާތް ﷲ ޢައްޒަވަޖައްލަ އެއުރެންނާ ސުވާލު ކުރައްވާ ހުއްޓެވެ. ތިޔަބައިމީހުން ތިޔައައީ ކޮންތާކުން ހެއްޔެވެ؟ އެބޭކަލުން ދަންނަވާ ހުއްޓެވެ. އަޅަމެން މިއައީ، ބިންމަތީގައިވާ އިބަރަސްކަލާންގެ އަޅުތަކުންކުރެ ބަޔަކު މީހުންގެ ގާތުންނެވެ. އެއުރެން އިބަރަސްކަލާނގެއަށް ތަސްބީޙަ ދަންނަވައި، އިބަރަސްކަލާނގެއަށް ތަކުބީރުދަންނަވައި، އިބަރަސްކަލާނގެއަށް ތަހުލީލުދަންނަވައި، އިބަރަސްކަލާނގެއަށް ޙަމްދުދަންނަވައި، އިބަރަސްކަލާނގެ ޙަޟުރަތުން އެދި ދެންނެވޫއެވެ.  

އެކަލާނގެ ވަޙީކުރައްވާނެތެވެ. އެއުރެން އެދި ދަންނަވަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެބޭކަލުން ދަންނަވާ ހުއްޓެވެ. އެއުރެން އެދި ދަންނަވަނީ، އިބަރަސްކަލާންގެ ސުވަރުގެ ދެއްވުން އެދިގެންނެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. އެއުރެން ތިމަންރަސްކަލާނގެ ސުވަރުގެ ދުށްހެއްޔެވެ؟ އެބޭކަލުން ދަންނަވާހުއްޓެވެ. ނޫނެކެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ. އެއުރެން އެތަނެއް ނުދެކެއެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. އެއުރެން ތިމަންރަސްކަލާނގެ ސުވަރުގެ ދުށްނަމަ، އެއުރެންގެ ޙާލު ކިހިނަކުން ވީސްހެއްޔެވެ؟ 

އެބޭކަލުން ދަންނަވާ ހުއްޓެވެ. އަދި އެއުރެން އިބަރަސްކަލާންގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވައެވެ. އެކަލާންގެ ވަޙީކުރައްވާނެތެވެ. އެއުރެން ރައްކައުތެރިކަމަށް އެދި ދަންނަވަނީ ކޮން ކަމަކުންހެއްޔެވެ؟ އެބޭކަލުން ދަންނަވާ ހުއްޓެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ. އެއުރެން ރައްކައުތެރިކަމަށް އެދި ދަންނަވަނީ އިބަރަސްކަލާނގެ އަލިފާނުންނެވެ. (އެބަހީ: ނަރަކައިގެ ޢަޛާބުންނެވެ.) އެކަލާނގެ ވަޙީކުރައްވާނެތެވެ. އެއުރެން ތިމަންރަސްކަލާނގެ ނަރަކަ ދުށްހެއްޔެވެ؟ އެ ބޭކަލުން ދަންނަވާހުއްޓެވެ. އެއުރެން އެތަނެއް ނުދެކެއެވެ. އެކަލާނގެ ވަޙީކިރައްވާނެތެވެ. އެއުރެން ތިމަން ރަސްކަލާނގެ ނަރަކަ ދުށްނަމަ އެއުރެންގެ ޙާލު ކިހިނަކުންވީސްހެއްޔެވެ؟ އެބޭކަލުން ދަންނަވާ ހުއްޓެވެ. އެއުރެން އިބަރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދި ދަންނަވައެވެ. އެކަލާނގެ ވަޙީކުރައްވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ފާފަ ފުއްސަވައިފީމެވެ. އަދި އެއުރެން ދެންނެވި ކަންތައް އެއުރެންނަށް ހިންމަވައިފީމެވެ. އަދި އެއުރެން ރައްކައުތެރިކަމަށް އެދުނު ކަންތަކުން އެއުރެން ސަލާމަތް ކުރައްވައިފީމެވެ.

(މަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. އެބޭކަލުން ދަންނަވާ ހުއްޓެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ. އެއުރެންގެ ތެރޭގައި އެވެނި އަޅަކަ އިނެވެ. އޭނާއީ ވަރަށްބޮޑު ފާފަވެރިއެކެވެ. ހަމަކަށަވަރުން، އޭނާ ދިޔައީ އެތަން ހުރަސްކޮށް ދިއުމަށެވެ. ފަހެ، އެއުރެންނާއެކު އޭނާވެސް އިށީނީއެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ތިމަން ރަސްކަލާނގެ އޭނާއަށްވެސް ޢަފޫކުރައްވައިފީމެވެ. އެއުރެން ބައްދަލުވެ ތިބީ، ތިމަން ރަސްކަލާނގެ ހަނދުމަ ކުރުމަށްޓަކައެވެ. އެއުރެންނަ އެކުގައި ބައިވެރިވީ މީހަކުވެސް އަބާއްޖަވެރި ނުވާ ހުއްޓެވެ.} 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

މިއަދު އޮންލައިން