ފަށްކުރުމެއް!: ބަދުރު ހަނގުރާމައިގެ ދުވަހު ރަސޫލް ޞޢޥ ކުރެއްވެވި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ފަށްކުރުމެއް!: ބަދުރު ހަނގުރާމައިގެ ދުވަހު ރަސޫލް ޞޢޥ ކުރެއްވެވި ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ

 

ދުޢާކުރުމުގެ މަތިވެރިކަން އެނގިގެންދާ ޙަދީޘްފުޅުތައް ވަރަށް ގިނައެވެ. ދުޢާކުރުމަކީ މުސްލިމުން އެންމެ ބޮޑަށް އިސްކަންދޭން އޮތް ކަންތަކެވެ. އެހެނީ ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވާތީއެވެ.  

عن عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ : لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلا ، فَاسْتَقْبَلَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ : ( اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي ، اللَّهُمَّ آتِ مَا وَعَدْتَنِي ، اللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الإِسْلامِ لا تُعْبَدْ فِي الأَرْضِ ) فَمَا زَالَ يَهْتِفُ بِرَبِّهِ مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ) 

މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބް ގެ ފަރާތުން ރިވާވެގެންވެއެވެ. "ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެެއްހާހެވެ. އަދި އަޞްޙާބުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގިބްލަ އަށް ކުރިމަތިލައްވާ، ދެއަތް މައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ.  

" ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އިބަ ﷲ ވަޢުދުވެލެއްވި ކަންތައްތައް ފުރިހަމަ ކޮށް ދެއްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށް އަޅުކަމެއް ނުކުރެވޭނެއެވެ" ގިބްލަ އަށް ކުރިމަތިލައްވާ ދެއަތް މައްޗަށް ނަންގަވައިގެން ދުޢާ ކުރައްވަމުން ވަޑައިގެން އެކަލޭގެފާނުގެ ކޮނޑުކޮޅުގައި އޮތް ރިދާ ވެެއްޓުނެވެ".

މިއަދު އޮންލައިން