ކަންކަން ލޮލަށް ފެންނާނެއެވެ. ބައިވެރިޔާ ތިމާއަށް ކޮށްދޭ ރަނގަޅުކަންކަންވެސް ފެންނާނެއެވެ. އެހެންކަމާއިއެކުވެސް އެކަން ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެއީ އެމީހުންނަށް ކުރެވޭ ފާފަތަކުގެ ސަބަބުން އެމީހުންގެ ހިތްކަނުވާތީއެވެ.
އެއްބައަކު ބުނާނީ ލޮލަށް ފެންނަނީ ލޮލުގެ މައިނާރު ސިކުނޑިއާއި ގުޅިފައިވާތީ ސިކުނޑިން އެކަން އެމީހަކަށް ދައްކައިދޭތީ ކަމަށެވެ. ލޮލާއި އެއްވެސް ނާރެއް ނުގުޅުނަސް އަދި ގުޅުނަސް ލޮލަށް ފެންނާނީ ހިތް އެކަމެއް ދައްކައިދިނީމައެވެ.
މީހުން ތިމާއަށް ކޮސްދޭ ރަނގަޅު ކަންކަން ވިސްނި ޤަބޫލުނުކުރެވެނީވެސް އަދި ޝޔުކުރުވެރިނުވެވެނީވެސް ހިތް ކަނުވުމުންނެވެ. ހިތް ކަނުވުމުން އެއިން ކަމެއް ބަލައެއް ނުގަނެވޭނެއެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢުމްތައް ކޮންމެ ދުވަހަކުވެސް އިޙްޞާޞްކުރެވެއެވެ. އެކަމަކު ބަލައެއް ނުގަނެވެއެވެ. އެއީ ހިތްކަނުވާތީއެވެ.
"—އެހެނީ ހަމަކަށަވަރުން ލޯތައް ކަނުވަނީއަކީ ނޫނެވެ. އެހެނެއްކަމަކު ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ." (22:46)
ފާފަކުރުމާއި ދުރުހެލިވާށެވެ! ހިތް އަލިވެ ހިތަށް ކުރަންވާ އަސަރުކުރާނީ ހިތް ޠޯހިރުކުރެވިގެންނެވެ. ނޫންނަމަ ހިތަށް ކުރަންވާ އަސަރެއް ނުކުރާނެއެވެ. އެހެން މީހުންނަށް ރަޙުމް ނުކުރެވޭ ސަބަބަކީވެސް އެއީއެވެ.
ވީމާ ދެމަފިރިންވެސް މިކަމަށް ސަމާލުކަންދޭށެވެ. ތެދުވެރިވާށެވެ! ފުރަތަމަ ﷲ ތަޢާލާއަށެވެ. އެއިރުން ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. ސަލާމަތްކަމާއި އުފާވެރިކަން ލިބެން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން