ޖިބްރީލްގެފާނުވެސް އަދި އެހެން މަލާއިކަތުންވެސް ކޮންމެ ކަމެއްވެސް ކުރައްވަވާނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. އެކަމެއް ކުރައްވަވަން އެންގެވުމުންނެވެ. އަހުރެމެންގެ ފުރާނަ މަލަކުލްމައުތުގެފާނު ހިއްޕަވާނީވެސް ﷲ ތަޢާލާގެ އަމުރުފުޅަށެވެ. އަހުރެމެންނަށް އޮތީ އެކަމުގެ އަމުރުފުޅު ކޮންމެ ވަޤުތަކުވެސް ކުރައްވަވައިފާނެ ކަމަށް ތައްޔާރަށް ތިބުމެވެ.
އިސްލާމް ދީނުގައި ފެންނަންހުރި ކަންކަމަކީ އެކަންކަމަށް ވިސްނުމުން އަބަދުވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ ކަންކަމެވެ. ވީމާ ގިނަގިނައިން އެކަންކަން ހަނދާންކުރަން ޖެހެއެވެ. އެކަންކަން ހަނދާންކޮށް ވިސްނައި ފިކުރުކުރުމަކީ ދީނުގައި ޘާބިތުވެ ހުރުމަށް މަގުފަހިވެގެންދާނެ ކަމަކަށްވުމުން އެފަދަ ކަންކަން މަތިން ހަނދާންކުރުން ގިނަކުރަންޖެހެއެވެ.
ތިރީގައިވާ ލިޔުމުން އެނގޭ ގޮތުގައި 4 ފަހަރަކު ޖިބްރީލްގެފާނު އެންމެ ބާރުމިނުގައި ބިމަށް ފައިބައިވަޑައިގެންނެވިއެވެ.
1- ނަމްރޫދު، އިބްރާހީމްގެ ފާނު އެބޮޑު އަލިފާންގަނޑަށް އެއްލައިލި ވަގުތު
2- އިބްރާހީމްގެފާނު، އިސްމާޢީލްގެފާނު ޤުރްބާންކުރައްވަވަން އުޅުއްވެވި ވަގުތު
3- ޔޫސުފްގެފާނުގެ އަޚުން، ޔޫސުފްގެފާނު ވަޅަށް ވައްޓައިލި ވަގުތު
4- އުހުދު ހަނގުރާމައިގާ ރަސޫލް ﷺގެ ދަތްޕުޅަށް އަނިޔާލިބި ލޭ އޮހޮރެންފެށި ވަގުތު
ލިޔުމުގައިވާގޮތުން އެދުވަހު ލިބިވަޑައިގެންނެވި އެއަނިޔާގައި އޮހޮރުނު ލޭފޮދު ބިމުގައި ޖެހުނު ނަމަ ޤިޔާމަތާއި ހަމައަށްވެސް ބިމުގައި އެއްވެސް ގަހެއް ނުހެދުނީހެވެ.
މިލިޔުމަކީ "ޢަބްދުލް ހައި މުޙައްމަދު" އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ލިޔުމެކެވެ. ޙަދީޘްގެ އިތުރު ތަފްޞީލް ދީފައެއް ނުވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ލިޔުމުގައިވާ ވާހަކައަކީ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ވާހަކަތަކަކަށްވުމުން ހާމަކޮށްލީއެވެ.
ލިޔުމުގެ އަޞްލު:
One day Rasöölillah ﷺ asked Jibreal ﻋﻠﻴﻪ ﺍﻟﺴﻼﻡ , "Have you ever travelled at full speed?"
Jibreal ﻋﻠﻴﻪ ﺍﻟﺴﻼﻡ said, "Yes, on four occasions."
Rasöölillah ﷺ asked, "What were the four occasions?"
Jibreal ﻋﻠﻴﻪ ﺍﻟﺴﻼﻡ said, "First time was when Ibrāheem ﻋﻠﻴﻪ ﺍﻟﺴﻼﻡ was placed in Nimrud's fire. At the time I was near the Arsh-Throne. Allāh ordered me to cool the fire. I left the Arsh and descended seven heavens in time.
Second time was when Ibrāheem ﻋﻠﻴﻪ ﺍﻟﺴﻼﻡ was about to sacrifice his son Ishmael ﻋﻠﻴﻪ ﺍﻟﺴﻼﻡ in Mina. Allāh ordered me to replace his son with a lamb, before Ibrāheem ﻋﻠﻴﻪ ﺍﻟﺴﻼﻡ struck with his knife.
Third time was when, the brothers of Yusuf ﻋﻠﻴﻪ ﺍﻟﺴﻼﻡ threw him into the well. Allāh ordered me to save Yusuf ﻋﻠﻴﻪ ﺍﻟﺴﻼﻡ , I rushed and placed my wing underneath Yusuf ﻋﻠﻴﻪ ﺍﻟﺴﻼﻡ before he reached the bottom of the well.
And the final time was when you, Ya Rasöölillah ﷺ , injured your tooth at the battle of Uhud. Allāh'Sūbhanahu'Wa ta'ala ordered me to stop your blood reaching the ground, otherwise no plant or tree would grow, till the end of the world. Hearing this, I rushed and saved your blood with my wings."
SubhanALLAH
May Allah be pleased with the holy prophet Rasululah....