މުޞީބާތުގެ ވަޤުތުގަ ބުނެގެންނުވާނެ ބަހާ ބުނަންއޮތް ބަހާ ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
މުޞީބާތުގެ ވަޤުތުގަ ބުނެގެންނުވާނެ ބަހާ ބުނަންއޮތް ބަހާ ކުރަން އޮތް ދުޢާ-

މުޞީބާތެއް ޖެހުމުން މި ފަދައިން ކިޔައިފިމީހަކަށް އޭނާގެ މުޞީބާތުގައި ﷲ އޭނާއަށް އަޖުރު ދެއްވަވައި އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މިންވަރުކޮށް ދެއްވާނެއެވެ." އިން ޝާ ﷲ 

قالَ النَّبيُّ ﷺ: «وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ: لَوْ أَنِّي فَعَلْتُ؛ كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَّرَ اللهُ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ».

[رَوَاه مسْلِمٌ]

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "ތިބާއަށް މުޞީބާތެއް ޖެހުމުން މި ފަދައިން ނުބުނާށެވެ. “ތިމަންނައަށް މިވެނި، އެވެނި ގޮތަކަށް ކަންތައްތައް ކުރެވުނުނަމަ ކޮންފަދަ ހެއްޔެވެ!” އެހެނެއްކަމަކު މިފަދައިން ބުނާށެވެ. “އެއީ ﷲ މިންވަރު ކުރެއްވި ގޮތެވެ. ﷲ އިރާދަކުރެއްވި ކަމެއް ކުރައްވާނެއެވެ.” ފަހެ، ހަމަކަށަވަރުން ‘ނަމަ‘ ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ". 

- ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله

قالَ النَّبيُّ ﷺ: «مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ: ﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾ [البقرة: 156]، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا؛ إِلَّا أَجَرَهُ اللهُ فِي مُصِيبَتِهِ، وَأَخْلَفَ لَهُ خَيْرًا مِنْهَا».

- رَوَاه مسْلِمٌ  

﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا» 

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "އަޅަކަށް މުޞީބާތެއް ޖެހުމުން «﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا» މާނައީ: "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް ދިމާވެފައިވާ މުޞީބާތުގެ ސަބަބުން މިއަޅާއަށް އަޖުރުދެއްވާފާނދޭވެ! އަދި އެއަށްވުރެ ހެޔޮ ރަގަނޅު ގޮތެއް މި އަޅާއަށް މެދުވެރި ކުރައްވާފާނދޭވެ!" " މި ފަދައިން ކިޔައިފިމީހަކަށް އޭނާގެ މުޞީބާތުގައި ﷲ އޭނާއަށް އަޖުރު ދެއްވާނެއެވެ. އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މިންވަރުކޮށް ދެއްވާނެއެވެ."

- ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

- ޝައިޚް ޙުސައިން ޠާރިޤް

 

މިއަދު އޮންލައިން