ކުރާދުޢާ ޢިޖާބަނުކުރައްވަވާ ނުވަތަ ޢިޖާބަކުރެއްވެވުން ލަސްކުރައްވަވާ ސަބަބުތަކުގެ ތެރޭގައި:
--އެހެން މީހުންނަށް ޙަސަދަލުން
--މީހުންނަށް ނުބައިބަސްބުނުން
--ޣީބަބުނުން
--މީހުނެގެ ބޮލުގައި ދޮގުތުހުމަތު އެޅުވުން
--މީހަކު ނުވަތަ ބައަކު ހިތްދަތިކުރުވުން
-އަނިޔާވެރިވުން
--ﷲ ތަޢާލާގެ މިތުރަކަށް އިހާނެތިކޮށް ކަންކަންކުރުން ފަދަ ސަބަބުތައް ހިމެނެއެވެ. ޚުލާޞާއަކީ އެހެން މީހަކަށް ތިބާގެ ސަބަބުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބުމެވެ.
ވީމާ އެއްވެސް މީހަކަށް ތިބާގެ ސަބަބުން ދެރައެއް ނުވަތަ ނިކަމެތިކަމެއް ލިބުނަނުދޭށެވެ. އެކަންކަމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތެވެ. ދުޢާ ޢިޖާބަކުރައްވަވާނީވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ޢަމަލުކުރުމުންނެވެ. އެކަން ޙާޞިލްކުރެވޭނީ ތިމާގެ ހިތް ސާފުކުރެވިގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން