ފޮރުވިގެންވާ ބޮޑެތި ސިއްރުތައް އެނގެމުން އައި ކުޑަކުއްޖެގެ ވާހަކަ- ތިބާގެ ދަރިފުޅަށްވެސް މިރަޙްމަތް ހޯދައިދޭން މަސައްކަތްކުރަންވީނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފޮރުވިގެންވާ ބޮޑެތި ސިއްރުތައް އެނގެމުން އައި ކުޑަކުއްޖެގެ ވާހަކަ- ތިބާގެ ދަރިފުޅަށްވެސް މިރަޙްމަތް ހޯދައިދޭން މަސައްކަތްކުރަންވީނު!

ދަރިފުޅުގެ ޢުމުރުން އެންމެ 12 އަހަރެވެ. ބައްޕަ އަންހެނަކު ގެއަށް ގެނެސް އަނބިމިހާއާއި ދަރިފުޅަށް ދައްކާފައި ބުނީ މިއީ އޭނާގެ ދެވަނަ އަނބިމީހާ ކަމަށެވެ. ދެމައިންވެސް އޭނާ ބަލައިގަނެ ހެޔޮކޮށް ހިތުމަށެވެ. އޭނާގެ ބަނޑަށް 4 މަސްކަމަށްވުމުން ހިތުގައިޖެހޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ.  

ޖަވާބުދޭން އިސްނެގީ ދަރިފުޅެވެ. ބުންޏެވެ. "ބައްޕާއެވެ. ދޮން މަންމައަކު ދައްކައިފިނަމަ އުފަލުން ބަލައިގަންނާނަމެވެ. ނަމަވެސް ތިއައީ ދޮންމަންމައެއް ނޫނެވެ. އޭނާ ބައްޕައާއި ގުޅުނީ ބަލިވެއިނުމުން ބައްޕަގެ ތަނަވަސްކަމަށް ދަހިވެތިވެގެންނެވެ. ބައްޕައާއި ޢޭނާ އާއި ބައްދަލުވި ދުވަހާއި ބަނޑުގައި އޮތް ދަރިފުޅުގެ ޢުމުރު ޓެސްޓަކުން ބަލައިލީމާ އެކަން އެނގޭނެއެވެ. މީހަކަށް ބަލިވެއިނދެގެން ބައްޕައާއި ކުރި ކައިވެނި ﷲ ގެ ޙަޟްރަތުގަ ކައިވެންޏަކަށް ނުވާނެއެވެ. ވީމާ ތިއައީ ދޮންމަންމައެއް ނޫނެވެ."

އެންމެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. ދަރިފުޅު އެހަދަނީ ބޮޑު ދޮގެއްކަމަށްބުނެ އަންހެންމީހާ އަޑުގަދަކުރަން ފެށުމުން ދަރިފުޅު ބުންޏެވެ.. "މިއީ ރުޅިއައިސް އަޑުގަދަކުރަންޖެހޭ ވާހަކައެއް ނޫނެވެ. މިބުނީ ހޮސްޕިޓަލުން ފަސޭހައިން ބަލައިލެވޭނެ ކަމެއްގެ ވާހަކައެވެ. އިހަށް ޓެސްޓްތައް ހަދައިލާށެވެ!"  

ބައްޕަ އަވަސްވެގަތީ ޓެސްޓްތައް ހެދުމަށެވެ. ވަޤުތުން ޑޮކްޓަރަށްދާން ބުނީމާ ރުޅިއައިސް އަންހެންމީހާ ނުކުމެގެންދިއައީއެވެ. ބައްޕަ އާއި މަންމަ ދަރިފުޅު ގޮވައިގެންގޮސް ސޯފާގައި އިށީނދެފައި އެކަން ދަރިފުޅަށް އެނގުނު ގޮތަކާއިބެހޭގޮތުން ސުވާލުކުރުމުން ދަރިފުޅު ބުނީ އޭނާ ދެއްކީ އޭނާގެ ސިކުނޑި އޭނާއަށް އަންގައިދިން ކަމެއްގެ ވާހަކަ ކަމަށެވެ.  

އަނބިމީހާއަށް ބުނެވުނެވެ. "މީގެ ކުރިންވެސް މިފަދަ ކަމެއް ހިނގިއެވެ. ތިބާގެ ވަޒީފާ ގެއްލުމުގެ 3 ދުވަސްކުރިން އެކަމުގެ ވާހަކަބުންޏެވެ. ތިބާ ކުށެއް ނުކުރާ ކަމަށާއި ވަޒީފާ އަލުން އަނބުރައި ލިބޭނެ ކަމަށްވެސް ބުންޏެވެ. އެކަން އެގޮތަށް ދިމާވިއެވެ. މާބޮޑު ސަމާލުކަމެއް ނުދެވުނީ އަހުރެންނަށެވެ. އަހުރެން ހީކުރީ އޭނާއަށް ފެނުނު ހުވަފެނެއް ކަމަށެވެ."  

ދެމަފިރިން އިތުރަށް ސުވާލުތައް ކުރަން ފެށުމުން ގޮވައިގެންގޮސް ދެއްކީ އޭނާގެ ކުޅޭ ކޮޓަރިއެވެ. އަލަމާރީގައި ހުރީ ޛިކުރާ ދުޢާ ފޮތްތަކެވެ. ބުންޏެވެ. "ބައްޕާއެވެ! އަޅުގަނޑުގެ ކަންކަމަށް ބައްޕަ ފަރުވާކުޑަކުރީމާ ނުއެނގުނީއެވެ. އަޅުގަނޑު އެއްވެސް ވަޤުތެއް ބޭކާރެއް ނުކުރަމެވެ. ގިނަ ވަޤުތު ހޭދަކުރަނީ ދީން ދަސްކުރުމަށާ ޛިކުރުކުރުމަށެވެ. ޤަވާއިދުން ދަމުނަމާދުކުރާތާ އަހަރަކަށްވުރެ ގިނަދުވަސްވެދާނެއެވެ. މަންމައަށް އެކަން އެނގޭނެއެވެ. އިތުރަށް ބުނާނެ ވާހަކައެއް ނުއެނގެއެވެ."

އެދުވަހުން ފެށިގެން ދެމަފިރިންވެސް ދަރިފުޅަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. އޭނާގެ ގޮތުގައި ކުރިއަށްދިއުމަށް އެހީތެރިވެދިނެވެ. މިއީ އެއިގެ 8 އަހަރު ފަހެވެ. ދަރިފުޅު އެގެންދަނީ ކިޔަވާ ޔުނިވަރސިޓީގައި ބޮޑެތި ދީނީ ތަޤްރީރުތައް ދެމުންނެވެ.

އަހުރެން ބުނާނީ ކުދިންނަކީ ތަްްވާވެރިންކަމަށް ހަދަން މަސައްކަތްކުރަންވީ ބޮޑުވުމަކުން ނޫނެވެ. އެއިގެ މާކުރިންނެވެ. އެކަމުން ނުކުންނަ ނަތީޖާ މާފޮނިވާނެއެވެ. ވީމާ ދަރިންނަށް މިފަދަ ރަޙްމަތެއް ލެވެވުން އެދިގެން މަސައްކަތްކުރާށެވެ. އެފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން