ޟުޙާނަމާދަކީ ކުރަންލިބޭ ވަޤުތު ދެމިގެންދާ ނަމާދެއް!: ހަމަ މިއަދުން ފެށިގެން ވަރަށް ލުއިފަސޭހަކަމާއިއެކު ޟުޙާ ނަމާދުކުރަން ފަށަމާހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޟުޙާނަމާދަކީ ކުރަންލިބޭ ވަޤުތު ދެމިގެންދާ ނަމާދެއް!: ހަމަ މިއަދުން ފެށިގެން ވަރަށް ލުއިފަސޭހަކަމާއިއެކު ޟުޙާ ނަމާދުކުރަން ފަށަމާހެއްޔެވެ؟

މިހާރު ކުރަން ނުފެށޭނަމަ އަވަހަށް ޟުޙާ ނަމާދުކުރަން ފެށުމުގެ މުހިންމުކަން ފާހަގަކޮށް ވރަށް ގިނަ ވާހަކަތައް ދައްކައިފީމެވެ. އެހެންކަމުން ޟުޙާނަމާދު ކުރަންފަށަން ބޭނުންވާނެ މީހުން މިހާރު ގިނަވާނެކަމަށް ޤަބޫލުކުރެވޭތީ މިގެނެސްދެނީ ޟުޙާނަމާދާއިމެދު އެނގުން މުހިންމު ބައެއް ކަމެވެ.  

ޟުޙާ ނަމާދާއި އިޝްރާޤު ނަމާދުގެ ތަފާތަކީ ކޮބާ؟ 

އިޝްރާޤު ނަމާދަކީ ވަޤުތުގެ އެންމެ ކުރީކޮޅު ކުރެވޭ ޟުޙާ ނަމާދެވެ. މިއީ ތަފާތު ދެ ނަމާދެއް ނޫނެވެ.  

(މާނައަކީ ވަޤުތުގެ އެންމެ ކުރީކޮޅުގައި ކުރާތީ އިޝްރާޤް ނަމާދު ކުރުން ކަމަށް މިޔުނަސް އެކުރެވެނީ ޟުޙާނަމާދެވެ. ފަހުން އިތުރަށް ޟުޙާނަމާދުގެ ރަކްޢަތް ކުރަން ބޭނުންމީހާ އެކަންކުރުމަކީވެސް މައްސަލައެއް ނޫނެވެ. ޝައިޚް ޢާޞިމް އަލްޙަކީމް)

ޟުޙާ ނަމާދުގެ ވަޤުތު ފެށެނީ ކޮންއިރަކު؟ 

ޟުޙާ ނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ މެންދުރު ނަމާދުގެ ކުޑަ އިރުކޮޅެއް ކުރިއާއި ހަމައަށެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "(ޟުޙާ ނަމާދުގެ ވަޤުތަކީ) އިރު އަރައި ފަނަރަ މިނެޓުން ފެށިގެން މެންދުރު ނަމާދުގެ ދިހަ މިނެޓް ކުރިއާއި ހަމައަށެވެ."

[الشرح الممتع 4 / 122] 

ޟުޙާ ނަމާދު ކުރުމަށް އެންމެ މަތިވެރި ވަޤުތަކީ ކޮބާ؟ 

ޟުޙާ ނަމާދުކުރުމަށް އެންމެ މޮޅުއިތުރުވެގެންވަނީ އިރުގެ ހޫނުކަން ގަދަވުމުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. 

((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم (748)]

މާނައީ: "ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަޤުތެވެ."

އޭގެ މުރާދަކީ ޅަޖަމަލުތަކަށް ބިންގަނޑުގެ ހޫނުކަން އިޙުސާސްވާ ގަޑިއެވެ. 

މިވަޤުތަކީ ދުވާލު ވަޤުތުގެ ހަތަރުބައިކުޅަ އެއްބައި ފާއިތުވުމުންކަމަށް ޢިލްމުވެރިން ކަނޑައަޅުއްވައެވެ. މާނައަކީ އިރުއެރީއްސުރެ މެންދުރު ނަމާދާއި ދެމެދުގައިވާ ވަޤުތު ދެބައިކޮށްލުމުން އަންނަ ވަޤުތެވެ.

ބައްލަވާ: المجموع للنووي (4 / 36)، والموسوعة الفقهية الكويتية (27 / 224)]

والله أعلم.

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން