ޞަޙާބީން ބިރުފުޅުން "ފްރީޒް"ވި ޙަދީޘްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޞަޙާބީން ބިރުފުޅުން "ފްރީޒް"ވި
ޙަދީޘްފުޅު!


ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާދަމްގެފާނަށް އަމުރުފުޅު ކުރއްވަވާނީ ހުރިހާ މީސްތަކުން ނަރަކައަށް ލެއްވެވުމަށެވެ. ނަރަކައަށް ލައްވަވަންވީ ކިތައް މީހުންތޯ ސުވާލު ދެންނެވުމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާނީ ކޮންމެ 1000 އަކުން 999 މީހުން ކަމަށެވެ.

ރަސޫލް (ﷺ) މި ޙަދީޘް ބަޔާން ކުރެއްވެވުމުން ޞަހާބީންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ފިނިވެ ގަނޑުވިއެވެ. ބިރުފުޅުން ކީރިތި ކުރެއްވެވުނެވެ. އެބޭކަލުންގެ ހާލާއިމެދު ކަންބޮޑުވެވަޑައިގަތުމުންނެވެ. 

އެބޭކަލުންނަށް އުންމީދެއްވެސް ލިބިވަޑައިގަތީ "ތިމަންކަލޭގެފާނުގެ އުންމަތުގެ ދެބައިކުޅަ އެއްބައި މީހުން ސުވަރުގެ ވައްދަވާނެ ކަމަށް އުންމީދު ކުރައްވަވާ" ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުންނެވެ. އެބޭކަލުންނަށް ސުވަރުގެ ވަދެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފާނެ ކަމުގެ އުންމީދު ލިބިވަޑައިގަތުމުންނެވެ.

 

މިއަދު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކިރިޔާ ހެޔޮ އަމަލެއް ކޮށްލެވޭއިރަށް ޤަބޫލުކުރެވެނީ މިހިރީ ސުވަރުގެ ވަދެވިފައި ކަމަށެވެ. ފަރުޟު 5 ނަމާދު ކޮށްލެވުމުން ފުދޭނެ ކަމަށެވެ. ރަވާތިބު ސުންނަތް ނަމާދެއް ކުރަންވެސް ނުޖެހޭނެ ކަމަށެވެ. ދަމުނަމާދެއް އަމުދުން ކުރަން ނުޖެހޭނެ ކަމަށެވެ. ކީރިތި ޤްރްއާން ކިޔެވުމަކީވެސް އަދި ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ވެސް ކަމެއް ނޫން ކަމަށެވެ.

 

މީސްތަކުންނޭވެ! ސުވަރުގެ ލިބިދާނެކަމުގެ އުންމީދެއް ކިރިޔާވެސް ކިރިޔާވެސް ލިބެން މިއޮތީ ހާދަ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ވީމާ ސުވަރުގެ ލިބިގަތުމަކީ އެހައި ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް ކަމަށް ހީނުކުރާށެވެ! ފަރުވާ ކުޑަނުކުރާށެވެ! ކުރެވެން އޮތް ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކޮށް ދޫކޮށް ނުލާށެވެ!

 

-- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން 

 

 

މިއަދު އޮންލައިން