630 އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުވެވޭނެ އަގުހުރި ފުރުޞަތު ވަރަށް ގާތްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
630 އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުވެވޭނެ އަގުހުރި ފުރުޞަތު ވަރަށް ގާތްވެއްޖެ!

ޛުލްޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިފަން މިހާރުން ފެށިގެންވިސްނާށެވެ! ހިފާ ކޮންމެ ރޯދައަކަށް 70 އަހަރުގެ ރާސްތާއަށް އެމީހަކު ނަރަކައާ ދުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ އެ ދުވަހު ރޯދަހިފައިފިނަމަ އެމީހަކު 630 އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ރަމަޟާންމަހުގެ ރޯދަތައް ހިފަން ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ނަމަވެސް ސުންނަތް ރޯދަހިފަންވުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި ފަހަތަށް ދެފިޔަވަޅު އަޅައެވެ. 

އެފަދަ މީހުން ވިސްނައިލާށެވެ! އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ނަރަކައާއި ކައިރިވެސް ނުވުމަށެވެ. ނަރަކައިގެ އަލިފާނުގެ ހޫނުކަމުން ޛައްރެއްގެ މިންވަރުވެސް އެމީހަކަށް ނުފޯރުމަށެވެ. އެހެންކަމަށްވާއިރު ސުންނަތް ރޯދަހިފުން މަދުކޮށްގެން ވާންއެބައޮތްހެއްޔެވެ؟  

Abu Sa‘īd al-Khudri (may Allah be pleased with him) reported that the Messenger of Allah (may Allah's peace and blessings be upon him) said:

"If anyone fasts a day for the sake of Allah, Allah shall keep his face away from Hell (the distance of) seventy years."  

[Sahih/Authentic] - [Al-Bukhari and Muslim] 

ﷲ ތަޢާލާއަށްޓަކައި ހިފާ ކޮންމެ ރޯދައަކަށް 70 އަހަރުގެ ރާސްތާއަށް އެމީހަކު ނަރަކަ އާއި ދުރުކުރައްވަވައި ދެއްވަވަތެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ރޯދަހިފުން ގިނަކުރާށެވެ! ޝައްވާލުމަހުގައި 6 ރޯދަ ހިފުމުގެ އިތުރުންވެސް ވީހާގިނައިން ރޯދަހިފާށެވެ! ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ރޯދަހިފާށެވެ. 13،14،15 ތިން ދުވަހުވެސް ރޯދަހިފާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން