ހުވާކުރިފަހުން އެއަށްވުރެ ރަނގަޅު ކަމެއް ފެނިއްޖެނަމަ އޮތީ ފެނުނު ރަނގަޅު ކަންތައް ކުރުން! އެކަމަކު ކައްފާރާ ދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ހުވާކުރިފަހުން އެއަށްވުރެ ރަނގަޅު ކަމެއް ފެނިއްޖެނަމަ އޮތީ ފެނުނު ރަނގަޅު ކަންތައް ކުރުން! އެކަމަކު ކައްފާރާ ދޭންވާނެ!

ބައެއް މީހުން ކުރެވުނު ހުވާގައި ޘާބިތުވެ ހުންނަން މަސައްކަތްކުރަންވެގެން ހުވާކުރި ކަންތަކަށްވުރެ ރަނގަޅު ގޮތެއް ފެނުމުންވެސް ޢަމަލުނުކޮށް ތިބެއެވެ. އެފަދަ މީހުން ތިރީގައިވާ ޙަދީޘްފުޅަށް ވިސްނައިލާށެވެ. 

وعن أَبي سعيدٍ عبدِ الرحمانِ بن سَمُرَة - رضي الله عنه - قَالَ: قَالَ لي رسول الله - صلى الله عليه وسلم: «يَا عَبْدَ الرَّحْمن بن سَمُرَةَ، لَا تَسْأَلِ الإمَارَةَ؛ فَإِنَّكَ إِنْ أُعْطِيتَهَا عَنْ غَيْرِ مَسْألَةٍ أُعِنْتَ عَلَيْهَا، وَإنْ أُعْطِيتَهَا عَنْ مَسْألَةٍ وُكِلْتَ إِلَيْهَا، وَإِذَا حَلَفْتَ عَلَى يَمِينٍ، فَرَأيْتَ غَيْرَهَا خَيْرًا مِنْهَا، فَأْتِ الَّذِي هُوَ خَيْرٌ وَكَفِّرْ عَنْ يَمِينكَ». متفقٌ عَلَيْهِ. 

މާނައީ: "މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢަބްދުއްރަޙްމާނު ބްނު ސަމުރަތުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. (ތިބާ ކަމެއްގެ މައްޗަށް ހުވައެއްކޮށްފި ހިނދު، އެއަށްވުރެ ރަނގަޅު އެހެންކަމެއް ތިބާއަށް ފެނިއްޖެނަމަ، ފަހެ، އެކަމެއް ކުރުމަށް ހުވާކުރި ކަންތައް ނުކޮށް ދޫކޮށްލައި، ރަނގަޅުކަމުގައި ފެނުން ކަންތައް ފުރިހަމަ ކުރާށެވެ. އަދި ތިބާގެ ހުވައިގެ ކައްފާރާ ދޭށެވެ.  

--ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

https://www.youtube.com/watch?v=5bN_CY95P3c

 

މިއަދު އޮންލައިން