ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، މި ހުރިހާ ކަމަކުން އެމީހާ ސަލާމަތް ވެގެން ދާނެ ކަމެއް!: ޝައިޚް އަޙްމަދު އަޙްޞަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، މި ހުރިހާ ކަމަކުން އެމީހާ ސަލާމަތް ވެގެން ދާނެ ކަމެއް!: ޝައިޚް އަޙްމަދު އަޙްޞަން

އަޅުގަނޑުމެން މި ކީރިތި ޤުރުއާނަށް ފަރުވާ ކުޑަ ކުރެވެނީ، ދުނިޔޭގަ އަޅުގަނޑުމެން މަޝްއޫލު ވާންޖެހޭތީ. އެހެންވީމަ އަޅުގަނޑުމެން މި ކީރިތި ޤުރުއާނުގެ ހުރި މާތްކަން އެކުދިންނަށް އެބަ ކިޔާދޭންޖެހޭ. ހަމަ މި ނޫން އަދި ބައެއް ޙަދީޘް ތައްވެސް، ބައެއް އާޔަތްތައް ވެސް އެބަހުރި. ﷲ ސުބުޙާނަހޫ ވަތަޢާލަ ވަޙީ ކުރައްވަނީ --- "މި ޤުރުއާން އެންމެ ތެދުމަގަށް މަގު ދައްކައެވެ."  

އެހެންވީމަ ކީރިތި ޤުރުއާން ކިޔަވާ އޭގެ މާނަ އަޅުގަނޑުމެން ކިޔާ ކަމަށް ވަންޔާ އަޅުގަނޑުމެންގެ އުޅުން އިޞްލާޙު ވެގެން ދާނެ. އެންމެ ތެދުމަގަށް މަގު ދައްކާ އެއްޗަކަށް ވާނީ، އަޅުގަނޑުމެން އޭގަ އޮތް އެއްޗެއް އުނގެނުނީމަ. މާނަ ކީމަ. އެހެންވީމަ ކީރިތި ޤުރުއާން އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ކިޔަވާއިރުގަ، ވަގުތު ކޮޅެއް ހުސްކޮށްލަންވީ ކީރިތި ޤުރުއާނުގެ މާނަ އުނގެނުމަށްޓަކައި. އޭރުން އަޅުގަނޑުމެންގެ އުޅުން އިޞްލާޙް ވެގެންދާނެ. އެހެންވީމަ ކީރިތި ޤުރުއާނުގަ މިއޮންނަ ތެދުމަގު އަޅުގަނޑުމެންނަށް ލިބޭނީ ޤުރުއާނުގަ މި އޮންނަ އެއްޗެއް ކިޔެވީމަ.

ހަމަ އެގޮތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ --- " ހަމަކަށަވަރުން ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއޭ މި ޤުރުއާން ބާއްވާ ލެއްވީ، ކީރިތި ޤުރުއާން ރައްކާތެރި ކުރައްވާނީނީވެސް ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ."  

މި އާޔަތުގެ ތަފްޞީރުގަ ބައެއް ޢލްމުވެރިން ވިދާޅުވަނީ ޤުރުއާން ރައްކާތެރި ކުރުމުގެ ތެރެއިން ހިމެނެޔޭ އެ ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ މީހާވެސް. އެހެންވީމަ، ކީރިތި ޤުރުއާން ހިތު ދަސްކުރާ މީހާ އެމީހަކު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، މި ހުރިހާ ކަމަކުން އެމީހާ ސަލާމަތް  ވެގެން ދާނެ. އެމީހާ ރައްކާތެރި ކުރައްވާނެ. އެއީ ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށްޓަކައި އޭނަ މަސައްކަތް ކުރާތީ.

 

- ޝައިޚް އަޙްމަދު އަޙްޞަންގެ ދަރުސަކުން

 

މިއަދު އޮންލައިން