ދަމުނަމާދުކުރާ މީހަކަށް ހޭނުލެވިއްޖެނަމަ ދެން ކުރެވޭނީ ކޮން ކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދަމުނަމާދުކުރާ މީހަކަށް ހޭނުލެވިއްޖެނަމަ ދެން ކުރެވޭނީ ކޮން ކަމެއް؟

ދަމުނަމާދުކުރަން އާދަވެފައި ހުންނަ މީހަކަށްވެސް އަދި އަލަށް ކުރަން ފަށާ މީހަކަށްވެސް ހޭނުލެވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ. އެޙާލަތުގައި ދެން ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. 

އެހެންވެ ދަންނަވާލަން އޮތީ ހޭލަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުންވެސް ހޭނުލެވިއްޖެނަމަ ކަންބޮޑުނުވާށެވެ. އަނެއް ދުވަހު ޟުޙާ ނަމާދުކުރާއިރު އިތުރުކޮށްލާށެވެ. މިޘާލަކަށް ކުރިން ކުރަނީ 2 ރަކްއަތް ނަމަ 4 ރަކްޢަތްކޮށްލާށެވެ!

ތިބާ ހޭލަން ކުރި މަސައްކަތާއި ތިބާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަސައްކަތްކުރުމުންވެސް ހޭނުލެވިއްޖެނަމަ އެއީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވި ރަޙްމަތެކެވެ. ދެން އޮންނާނީ ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެލުމެވެ. ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު މާތް ﷲ ގެ ޙަޟްރަތުން ތައުފީޤް އެދިގެން މަސައްކަތްކުރާ އަޅުންނަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ.

ކުރަންހުރި މަސައްކަތްކުރުމުންވެސް ހޭނުލެވިއްޖެނަމަ އަނެއް ރޭ އިތުރަށް މަސައްކަތްކުރާށެވެ. ބަނޑުފުރެނެދެން ކައިގެން ނިދުން ފަދަ ކަންކަން ނުކުރާށެވެ. ވީހާ އަވަހަކަށް ނިދަން މަސައްކަތްކުރާށެވެ. ﷲ އެމީހަކަށް މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން