ފާފައެއް ކުރެވުމުން ވަޤުތުން ތައުބާވާންވާނެއެވެ. އަދި ވިއްދައިގެން ހެޔޮކަމެއްވެސް ކުރަންވާނެއެވެ. އެމީހާގެ ކިޔަމަންތެރިކަން އަދާކުރުމަކީ އެއީއެވެ. ހަމަ އެއާއިއެކު މިޙަދީޘްފުޅަށްވެސް ވިސްނައިލާށެވެ!
އަބޫބަކުރުއް ޞިއްދީޤު رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު الله ﷺ ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ. { އަޅަކަށް ފާފައެއް ކުރެވުމުން, ފުރިހަމަ ގޮތުގައި ޠާހިރުވެ، އެއަށްފަހު ތެދުވެ ދެ ރަކުޢަތް ކޮށް، އަދި އެއަށްފަހު الله ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވައިފިނަމަ، ފާފަ ނުފުއްސެވޭނޭ އެއްވެސް އަޅަކު ނުވެއެވެ. ދެން އެއަށްފަހު އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. ﴿وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ﴾ މާނައީ: ”އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.“} رواه أبو داود (1521) وصححه الألباني في صحيح أبي داود
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޙަދީޘްގެ ޝަރަޙައާއި އިތުރު ނަޞޭޙަތް އަޑުއައްސަވާލެއްވުން ވަރަށް މުހިންމު-
ޝަރަޙަ އަޑުއައްސަވާލައްވަން:
https://www.youtube.com/watch?v=Cc3a-F0-208