ފަށްކުރުމެއް!: މަރްޔަމްގެފާނު ވާހަކަ 7: މަރްޔަގެފާނުގެ ރޯދަފުޅާ އެންމެ މަތިވެރިކަންބޮޑު ރޯދަ-

ކިޔުމަށް ހޭދަވާނީ 1މ 37ސ
ފަށްކުރުމެއް!: މަރްޔަމްގެފާނު ވާހަކަ 7: މަރްޔަގެފާނުގެ ރޯދަފުޅާ އެންމެ މަތިވެރިކަންބޮޑު ރޯދަ-

ޢަލީ އިޙްޞާން ފިރާޤް

 

އައްސައްޔިދާ މަރްޔަމްގެފާނަކީ ވަރަށް ގިނައިން ރޯދަ ހިއްޕަވާ ބޭކަނބަލެއްކަމުގައި އަޘަރެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. އެއްފަހަރަކު މީހަކު އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހަށް އައިސް ރޯދަޔާއި ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ބޭނުން ނަމަ ދާވޫދުގެފާނުގެ ރޯދާ ހިއްޕެވިގޮތް ބުނެދީފާނަމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަ ހިއްޕަވައި އަނެއް ދުވަހު ރޯދަ ދޫކޮށް ލައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. [އެންމެ ފުރިހަމަ ރޯދަ އަކީ ދާވޫދުގެފާނުގެ ރޯދައެވެ.] އެކަލޭގެފާނު ޒަބޫރު ސާޅިސް އަޑުފުޅުން ކިޔަވައި ވިދާޅުވެއެވެ. އެކަލޭގެފާނު ކޮންމެ ރެއަކު ދެ ރަކްޢަތް ނަމާދެއް ކުރައްވައެވެ. އެ ނަމާދުގައި އެކަލޭގެފާނު ކީރިތި ކުރައްވާ ހައްދަވައެވެ.]

ކަލޭ ބޭނުން ނަމަ ސުލައިމާނުގެފާނު ރޯދަ ހިއްޕެވިފަދައިން ރޯދާ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ފުރަތަމަ ތިން ދުވަހު ރޯދަ ހިއްޕަވައެވެ. އަދި މަހުގެ ފަހުކޮޅުގައި ތިން ދުވަހު ރޯދައަށް ހުންނަވައެވެ. މަސް ފައްޓަވަނީ ރޯދަ ހިއްޕެވުމުންނެވެ. މަސް ނިންމަވާ ލައްވަނީ ރޯދަ ހިއްޕެވުމަކުންނެވެ.

ކަލޭ ބޭނުން ނަމަ،ޢީސާގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަލޭގެފާނު މުޅި އަހަރު ދުވަހު ރޯދަ ހިއްޕެވިއެވެ. ކަލޭ ބޭނުން ނަމަ، މަރްޔަމުގެފާނު ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަމަނާ އެއް ދުވަހު ރޯދަ ހިއްޕަވައި، ދެ ދުވަހު ރޯދަ ދޫކޮށްލައްވައެވެ. ނުވަތަ ކަލޭ ބޭނުން ނަމަ، މާތް ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިއްޕެވިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317-318}

 

 

މިއަދު އޮންލައިން